ޒަމާނުގެ އޮއިވަރާ އެކުގައި މިދަންމަރު ނިވިޔަ ނުމެ ދޭށޭ
ޒަމާން ބަދަލުވެ ދިޔަސް އާ ރޫޙަކާ އެކު ކުރި އެރިއަ ދޭށޭ
ސަދަންގެ ދަރިން އަލުން އާރޫޙަކާ އެކު އަތުގުޅައި ލާށޭ
ވަޠަންގެ ދިދައިގެ ހިޔަލުން އެދި އަމާން ކަން ހިތް ވަރެއް ދޭށޭ
ސަލާޙުއްދީނު އައްޔޫބީ ނަމޫނާ އެއްކަމަށް ބަލަމުން
ސަލާމަތް މަންޒިލެއް ހޯދަން ރައީސަށް ހިތްވަރެއް ދޭށޭ
ޢަދުލު އިންސާފު ޤާއިމް ކޮށް އަދުގެ ޙާލަތު ބަދަލު ކުރުމަށް
އަދުލު ވެރި ވެރިކަމެއް ކުރުމަށް މިދައުލަތް ކުރި އެރިއަދޭށޭ
ހިތުގެ ޙާލަތު ބަދަލު ކޮށް ގެން މިތުރުނާ އެކުވެރިވެ ގުޅިގެން
އިތުރު އާ ހިތްވަރެއް ލައިގެން ޢަޒުމުގައި ބާރު ލައި ދޭށޭ
ނަޒާހަތް ތެރި ވެވޭނީ ވަކި ނިޒާމެއް އޮވެގެނެއް ނޫނޭ
ނިޒާމަށް ބަދަލުނު ގެނަޔަކަސް މި ޤައުމަށް ކުރި އެރުން ދޭށޭ