Support Us

ޝަހީދުންގެ މަންމަ..

އުމަރު ބުން ޚައްޠާބު (ރަޟިޔަﷲ އަންހް)ގެ ޚަލީފާކަމުގެ ދުވަސްވަރު، މުޘަންނާ ބިން ހާރިސާ އައް-ޝައިބާނީ ޤާދިސިއްޔާއަށް ހަނގުރާމައަށް ދިޔައެވެ. އެ ހިނދު ހަނގުރާމަ ފެށުމުގެ ކުރީރޭ، ޚަންސާ އެކަމަނާގެ ހަތަރު ދަރިން ގޮވައިގެން ލަޝްކަރުގެ ގާތަށް ދިޔައެވެ. އަދި ޙަންސާ އެކަމަނާގެ ހުރިހާ ދަރީން އެއްތަން ކުރުމަށްފަހު ހިތްވަރާއެކު ހަނގުރާމަ ކުރުމަށް ބާރު އަޅުއްވައި ހިތްވަރު ދެއްވިއެވެ. އަދި ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވުމުގައި ހުރި މަތިވެރިކަމާއި އަޖުރާއި ދަރުމަ ހަނދުމަކޮށްދެއްވައި، ހަނގުރާމައިގެ މައިދާނުން ފިލަން ދިޔުމުގައި ހުރި ނުބައިކަމާ މެދު ދަރިންނަށް އިންޒާރު ދެއްވިއެވެ.

ވިދާޅުވިއެވެ. "އޭ މަގޭ ދަރީންނޭވެ. ކަލޭމެން އިސްލާމްދީން ޤަބޫލުކުރީ ކިޔަމަން ވެގެންނެވެ. އަދި ހިޖުރަކުރީ އަމިއްލަ އިޚްތިޔާރުގައެވެ. އަދި ކުއްފާރުނާ ދެކޮޅަށް ހަނގުރާމަކުރާ، އީމާންވި މީހުންނަށް ﷲ ތަޢާލާ ލައްވަވާފައިވާ މަތިވެރި ނިޢުމަތްތަކާއި ގިނަގުނަ ސަވާބާއި ދަރު އެނގޭނެއެވެ. ދަންނާށެވެ. އާޚިރަތުގެ ގޮވެތި މި ވަގުތީ މަންޒިލަށްވުރެ މާ ހެޔޮކަން ބޮޑެވެ."

ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا اصْبِرُوا وَصَابِرُوا وَرَابِطُوا وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ" މާނަ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (دشمن ންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، دشمن ން އަތުވެދާނޭ މަގުތަކަށް ބަލަބަލާ جهاد ކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. [އާލް ޢިމްރާން 200]

ދެންފަހެ ޚަންސާގެ ހުރިހާ ދަރިން ސާބިތުކަމާއި އިމާންތެރިކަމާއި ނުގުޑާ ފަދަ ވަރުގަދަ ޢަޒުމަކާ އެކު ހަނގުރާމަށް ދިޔައެވެ. އަދި ﷲ ގެ އިރާދަފުޅާ އެކު އެހުރިހާ ދަރީން ޝަހީދުވިއެވެ. ފަހެ އެކަމުގެ ޚަބަރު އެކަމަނާއާ ހަމަޔަށް ފޯރުމުން މި ބަސްކޮޅު ދުލުން ބޭރު ކުރިއެވެ.

"ހުރިހާ ހަމްދު ޘަނާއެއް ޙައްޤުވެގެންވަނީ، އެބައިމީހުން ޝަހީދުވުމުގެ ސަބަބުން މިއަޅާ ޝަރަފްވެރި ކޮށްދެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެވެ. އަދި އަހުރެން، އަހުރެންގެ ވެެރި ރައްބުގެ ހަޟުރަތުން އުންމީދު ކުރަނީ، އެ އިލާހުގެ ރަހުމަތުގެ ދަށުން، އާޚިރަތުގެ މަންޒިލުގައި އެމީހުންނާ އަހުރެން ބައްދަލުވެ އެކުގައި ވުމަށެވެ."

މަސްދަރު: ޖެމްސް އެންޑް ޖެވެލް/ އަބްދުލް މާލިކް މުޖާހިދު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *