އަދާވަތުގެ ކޯރުގެ ދެމޭ ގަދަ އެ އޮއިވަރު
ޢަދާލަތު އޮޔާ ލައިފިޔޭ ނެތި ވެ ފެންވަރު
އަރާ އިރުގެ ދޯދިން ވިދާ ރީތި ރަށް ތައް
ޚަރާބުވެ ނެތިއްޖޭ ފަނާ ވެވި އެ ހިތްވަރު
ފަސާދައިން ފަޅައިގެން ހެދޭ ބިޔަ އެގަސްތައް
ފަސާދަވެ ދަނީ ފެތުރެމުންނޭ އެކުލަވަރު
އަމާން ކަމުގެ ދަންމަރު ނިވިއްޖޭ މި ވަޠަނުން
ޒަމާނަށް ބަދަލު އައިސް ނެތޭ އަދަކު ބުންވަރު
ކުކުޅު ހާ ކޮށާ ހެން ކޮށާ ކުދި ކުރާ އިރު
އުކުޅު ދައްކަމުން އާދެޔޭ ރޭގެ ދަންވަރު
ކަލާކޯ މުސީބާތް ތަކުން ދިންނަވާނދޭ
ސަލާމަތުގެ މަގުގައި ހިނގަން ލިބި އެހިތްވަރު
ޖެހޭ ރޯޅި ފިނިވައި އައިސް ކަރުނަ އަޅަނީ
ވެހޭ ވާރެ އަށް ވެސް ނެތޭ ލިބި އެ ހިތްވަރު