Support Us

ވަރި ގިނަވަނީ ކީއްވެ؟

ކައިވެންޏަކީ ﷲސުބްޙާނަހޫ ވަތަޢާލާ ދަރިފަސްކޮޅު ދެމެހެއްޓުމަށްޓަކައި އިންސާނުންނަށް ދެއްވި ނިޢްމަތެކެވެ. އެހެނަސް އަހަރެމެންގެ ދަރިން ކައިވެނި ފަށަނީ ހަލާލް އެއްފަރާތްކޮށް ހަރާމް އިޚުތިޔާރުކޮށްގެންނެވެ. ކައިވެނީގެ ކުރިން އިއްފަތްތެރިކަމުގެ ފޭރާން ބާލައި އެތައް ބަޔަކަށް ނަފްސު ހަދިޔާ ކުރުމަށްފަހުގައެވެ. އަނބިމީހާ ފިރިމީހާއަށް ދޭނެ އަބުރާއި އިއްޒަތެއް ފިރިން އަނބިންނަށް ދޭނެ އިތްފަތްތެރިކަމެއް ކައިވެނީގެ ފުރަތަމަ ރޭ ނުވެއެވެ.

ނޭނގުމުގެ ތެރޭން ދުނިޔެވީ ޒީނަތުގައި ޖެހި ކުށެއްވެވިދާނެއެވެ. އެހެނަސް ފުރިހަމަ ތައުބާއަކުން ތައުބާވެ އާ ފެށުމަކުން ފަށާކަށް ބުނެއެއް ނުދެވެއެވެ. މައިންބަފައިންނަށް ކޮންމެ ގޮތެއް ވަރިހަމަވުމީ މިއަދު ކައިވެނިތައް އަބާއްޖަވެރިވުމުގެ އަސްލެވެ. ދީނާ ދުރު ސަގާފަތަށް ލޯބިކޮށް ދަރިންގެ މިނިވަންކަން ކަމަށް ބުނެ ހަރާމް އެތައް ކަމަކަށްފަހު ފެށޭ ގުޅުމެއް ބާއްޖަވެރިވާނެ ގޮތެއް ނެތެވެ.

ދެއްކުންތެރިކަމުގެ ޕާޓީތަކުން ދަރަނިވެރިވެގެން ފެށޭ މަތިވެރި ގުޅުން ފެށޭ ހިސާބުން އޮންނަނީ ނިމިފައެވެ.

ދެމަފިރިންގެ ހިތްހަމަނުޖެހުންތައް ވާހަކަދައްކައިގެން ހައްލުކުރަން ދަސްކޮށްދިނުމެއް ނުވެއެވެ. ކެތްތެރިވާނީ ކިހިނެއްކަމެއް ބުނެއެއް ނުދެވެއެވެ.

ބާއްޖަވެރި ދިރިއުޅުމެއް ދަރިންނަށް ހޯދައިދޭން ވަރި މަދުކުރަން އޮތް ހައްލަކީ ކުދިން އިސްލާމްދީނުގެ ތަރައިގެ ތެރޭގައި ތަރުބިއްޔަތު ކުރުމެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *