Support Us

މައިންބަފައިންގެ ޙައްޤުގައި….

މައިންބަފައިންގެ ވާޖިބުތައް އަދާނުކުރާ ދަރީން ގިނަޔޭ
މައިންބަފައިން އުފުލި ބުރަތައް ވަޒަންނުކުރާ ދަރީން އުޅެޔޭ

ބުރާސްފައްޗާއި ހޯމަދުވަހު ހިފާނޭ ރޯދަ އެހެނަސްވެސް
ކުރާ ޢަމަލާ އުޅުން ދީނުގެ އިމަށް ސީދާ އެކަމު ނުވެޔޭ

އަޅާހިނދުމޫނު މަރުވީމާ ރުޔަސް އަޑުލައި ނެތޭ ފައިދާ
އަޅާޔަށް ރައްބުއެންގެވި ގަދަ އަމުރުފުޅު ދެން ހަނދާންވެދެޔޭ

ފަހުންއެޅިޔަސް ރަނުންމިސްކިތް ލޮލަށްމީހުންގެ ފެންނަޖަރީ
ރަޙުމުކޮށް އެއްފަހަރު ނަމަވެސް ނުފިރުމައިހުރެ އެކަން ކުރެޔޭ

ދަރީން ލޯބިން ގޮވައިލާފައި އަތުން ފިރުމައިލުމުގެ އެ އުފާ
ދަރީންގެ ފުށުން ނުލިބި ދުނިޔޭން ދަނީ ކަރުނައި ފަތާފައްޔޭ

ޕައުންޑާ ޑޮލަރު ޔޫރޯއާ ދިވެހި ރުފިޔާގެ ޞަދަޤާތުން
އައުންނެތް ބިންމަތީ ދިނުނަސް ދަރިންގެކުލުނު ނުއެއް ލިބެޔޭ

ސުވަރުގޭގައި ވުމުން އެކަމަށް އެތާނގައި ހާއުފާ ލިބުނަސް
ދުވަސްތައް ދުނިޔެއިން ގުނުނީ ނިކަން ހިތްދަތިވި ވޭނުގަޔޭ

ދެދުނިޔޭގައި އުޅޭން ލެއްވީ އުފާވެރިކަން ލިބޭ ގޮތަށޭ
ރެނދުން ބައިބައިވެ ހިތްކުދިކުދި ވެގެންމަރުވާން ނުލައްވަވަޔޭ

ދަރީންވީމާ ހިތުން ރުހުމުން ސަލާމަތް އެދި ދެވޭ މާފުން
ދަރީން ދިންނެވިކަމަކު އެދަރީން މައިންބަފައިން ނުއެއް ބަލަޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *