Support Us

ބޯލްޓަން އަވަހާރަކޮށްލަން މަސައްކަތްކޮށްފައިނުވާނެ: އީރާން

އެމެރިކާގެ ވައިޓްހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކުރީގެ މުޝީރު ޖޯން ބޯލްޓަން އަވަހާރަކޮށްލަން އީރާނުން މަސައްކަތްކޮށްފައިވާ ކަމަށް އެމެރިކާގެ ޢާދްލު އިންސާފާބެހޭ ވުޒާރާއިން ބުނުމުން "އެއީ ހޭޖެހޭ ވާހަކައެއް ނޫން" ކަމަށް އީރާނުން ބުނެފިއެވެ.

ފަރަންސޭސި ނޫސް އޭޖެންސީ އެމެރިކާގެ ޢަދްލުއިންސާފާ ބެހޭ ވުޒާރާއާ ޙަވާލާދީ ބުނިގޮތުގައި ބޯލްޓަން (ފޮޓޯގައި) އަވަހާރަކޮށްލަން މަސައްކަތްކޮށްފައި ވަނީ އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރުގެ މީހެކެވެ.

އެމެރިކާގެ މި ވުޒާރާ ބުނި ގޮތުގައި މި މީހަކީ ޢުމުރުން 45 އަހަރުވީ ޝަހްރާމު ޕޫރުޞާފީއެވެ. އޭނާ މަޝްހޫރުވެފައިވަނީ މަހްދީ ރިޒާއީގެ ނަމުންނެވެ.

ބޯލްޓަން އަވަހާރަކޮށްލުމަށް ޓަކައި އޭނާ އެމެރިކާ މީހަކަށް ތިން ލައްކަ ޑޮލަރު ހުށައެޅިއެވެ. އެއީ 2020ގެ ޖަނަވަރީގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ އަމުރަށް އީރާނުގެ އިންޤިލާބީ ފާރަވެރީންގެ ލަޝްކަރުގެ އިސްވާރެއް ކަމުގައިވާ ޤާސިމު ސުލައިމާނީ އަވަހާރަކޮށްލުމުން އެކަމަށް ބަދަލު ހިފުމުގެ ގޮތުންނެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނާޞިރު ކަންޢާނީ ވިދާޅުވި ގޮތުގައި އެމެރިކާގެ މަސްއޫލުވެރީންނަކީ އީރާނާ ދެކޮޅަށް ނިމުމެއްނެތި މެދުކެނޑުމެއްނެތި ދޮގު ތުހްމަތުތައް ހައްދަވަމުން ގައްތަވަމުން ޝާއިޢު ކުރައްވަމުން ގެންދަވާ ބޭފުޅުންތަކެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބޭފުޅުން މި ތުހްމަތުތައް ކުރައްވަމުން ގެންދަވާއިރު އެކަންކަމާ ބެހޭގޮތުން ހެތްކެއް ދަލީލެއް ނުދައްކަވައެވެ. އަދި އެކަމާބެހޭ ކިތާބީ ދަލީލެއް ވެސް ނުނެރުއްވައެވެ.

އެމެރިކާގެ ޢަދްލުއިންސާފާ ބެހޭ ވުޒާރާ ބުނާގޮތުގައި އޮކްޓޯބަރު 2021 އިނން ފެށިގެން އެޕްރީލް 2022 އާ ހަމައަށް ޚާއްޞަ އޮޅިއެއް ބޭނުންކޮށްގެން އެމެރިކާ މީހަކު ބޯލްޓަން އުޅުއްވާ ތަންތަނާ ބެހޭ މަޢުލޫމާތުތައް ޝަހްރާމު ޕޫރުޞާފީއަށް ފޯރުކޮށްދެމުން ގޮސްފައި ވެއެވެ. އެހެނަސް މި މީހަކީ އެމެރިކާގެ ޖާސޫސީ އިދާރާގެ މީހެއްކަމަށް އެމެރިކާއިން ބުންޏެވެ.މި ކަން ކުރުމުން ދޭންޖެހޭ ފައިސާ ޖަމާކުރާނެ ސުމޭކު އެކައުންޓެއް ހުޅުވުމަށް ވެސް އެނާ އަމުރު ކުރިކަމަށް އެމެރިކާއިން ބުންޏެވެ. ސުލައިމާނީ އަވަހާރަކޮށްލި ޒިކުރާއަށް އެއް އަހަރު ފުރޭ ދުވަހު ބޯލްޓަން އަވަހާރަކޮށްލުމަށް އެންގިއެވެ. އެ ތާރީޚު ފަހަނަޅައި ދިޔުމުން ވެސް އީރާނުގެ ޝަހްރާމު ޕޫރު ޞާފީ އެމެރިކާގެ ޖާސޫސީ އިދާރާގެ މި މިހާއާ ގުޅައި އެކަންކޮށްދިނުމަށް އެދެމުން ދިޔައެވެ. އަދި އިނާމު އެއް މިލިއަން ޑޮލަރަށް އިތުރުކޮށްދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާނު ނާޞިރު ކަންޢާނީ ތުހްމަތު ކުރެއްވި ގޮތުގައި މިއީ އެމެރިކާއިން ސިޔާސީ ބޭނުންތަކަށް ޓަކައި އުފައްދާ ތުހްމަތުތަކެކެވެ. މިއީ އެކަމުގައި އެއްވެސް ޙަޤީޤަތެއް އޮތް ވާހަކަތަކެއް ނޫނެވެ. މިއީ އެމެރިކާއިން މަސްއޫލިއްޔަތާ ރެކުމަށް ޓަކައި ދައްކާ "ތާކުންތާކު ނުޖެހޭ ވާހަކަތަކެކެވެ." މި ކަމުގެ އަޞްލު އަމާޒަކީ އެމެރިކާގެ ޖަރީމާތަކަށާއި ނިރުބަވެރި ޢަމަލުތަކުގެ މައްޗަށް ފަސްއަޅައި ފޮރުވުމެވެ. އޭނާ އިންޒާރު ކުރައްވަމުން ވިދާޅުވިއެވެ. މި ފަދަ ބަހަނާތަކުގެ އަލީގައި އިރާނުގެ ރައްޔިތުންނާ ދެކޮޅަށް އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެއެވެ."

އެމެރިކާގެ މިހާރުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން އިންޒާރު ކުރައްވާ ވިދާޅުވިއެވެ. "އެމެރިކާގެ މަސްއޫލުވެރިއަކަށް އީރާނުން ޙަމަލާއެއް ދީފިނަމަ އެކަމުގެ "ހިތި ނަތީޖާ" އީރާނަށް ބަރުދާސްތު ކުރާން ޖެހޭނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *