Support Us

ކަނބަލުންގެ ފަރާތުން ފިރިހެނުންނަށް…

އަޑުއަހާށެވެ. އަހަރެމެންނަށް އަބަދުވެސް ތިބާގެ ފަރާތުން އައި ޝަކުވާ އަކީ ސުންނަތުގައިވާ ހަތަރު އަނބިން ހޯދުމާ އަހަރުމެން ދެކޮޅު ހެދުމުގެ ޝަކުވާއެވެ. ބުނެދެމެވެ. ހަތަރު އަނބިންވެސް ހޯދާށެވެ. އެކަމަކު މަކަރުވެރިކަމާއި ބޭވަފާތެރިކަމާއެކު ސިއްރުން ހިލޭ އަންހެނުން ގެންގުޅެގެނެއް ނޫނެވެ. ތެދުވެރިކަމާއެކު ލޯބިވެވުނު މީހެއް ގޮވައިގެން އަހަރެން ކުރިމައްޗަށް އަންނާށެވެ.

ކޯޓަށް ފޯމު ލައިދީ ކައިވެނީގެ ކަންކަން ކޮށްދޭނަމެވެ. އިންޝާﷲ އަހަރެމެން ކެތްތެރިކަމަށް އެދެނީ ޙާލިގުވަންތަ ﷲގެ ހަޒްރަތުންނެވެ. އޭގެ ކުރިން ކިޔާލާށެވެ.

މިހާރުވެސް ކުދިންގެ ބައްޕަ ފެންނަނީ ނިދާ ވަގުތުއެވެ. ހަމައެކަނި ދެވެނީ ހަރަދެވެ. ގިނަ ފަހަރަށް ނުވެސް ދެވޭމެއެވެ. އެހެނަސް އެކަން ރަނގަޅުކޮށްލާށެވެ. ކޮންމެހެން މަހުޖަނަކަށް ވާނެ ކަމެއްނެތެވެ.

ދަރިންކޮޅު ގޮވައިގެން ދިރިއުޅޭނެ ގެދޮރެއް ދޭށެވެ. ކުދިންކޮޅު ގެންގޮސް މުސްކުޅި މައިންބަފައިން ބޮލަށް ނުޖަހައްޗެވެ. ކުދިންގެ ކަންކަމުގައި ނާށިގަނޑު ހިފައިގެން ބޭބެމެނާއި އާއިލާ އެހެން މީހުން ކައިރިއަށް ނުފޮނުވައްޗެވެ.

އެ އަނބިވެސް ގެންގުޅޭށެވެ. އެކަމަކު އަހަރެމެން ކަރުނަ އެޅި ފަދައިން އޭނާ ކަރުނަ އެޅިޔަނުދީއެވެ. ބަލިވުމުން ނުވެސް އެނގޭ ކަމަށް ހަދައި ދިޔަ ފަދައިންނެވެ. ޝަކުވާ ކުރާތީވެ ގެއަށް ނުވަދެ އެހެން ހިލޭ އަންހެނުން ހިތް އުފާކޮށްދޭން އުޅުނު ފަދައިން އެފަކީރަށް އެހާލު ނުޖައްސައްޗެވެ.

ކުދިންނަށް މިހާރުވެސް ގުޅާލައި ހާލު ބަލައި ކިޔެވުމުގެ ކަންކަން އޮޅުންފިލުވައިނުލެވެނީ ބިޒީކަމުން ކަމަށްވާއިރު އެކަންވެސް މެނޭޖުކޮށްލާށެވެ.

ލޯބިވާ ފިރިންނޭވެ. ހިތާއި ބޮލާއި ދުލުން ރުހި ގަބޫލެވެ. އިންނާނެ މީހަކާ އިންނާށެވެ. އެހެނަސް ތިމާމެންނަށް އެ ބުރަ އުފުލޭނެ ނަމައެވެ. ސިނކުޑިއަށް ބުރަވެގެން ތިބާގެ ސިއްޙީ ހާލަތަށް ގެއްލުންނުވާ މިންވަރަށެވެ. މާދަމާވެސް ސުވާލުވެވޭނެކަން ހަނދާންކުރާ ޙާލު އަދުލުވެރިވައްޗެވެ.

އޭނާއަށް އެޕަލް ފޯނު ގަނެދިނީ ކޭކު ފެޅުމަކުން ޝަކުވާއެއް ނުދާނެއެވެ. އެހެނަސް ނަގާފައިވާ ލޯނުތައް ނުދެއްކި ދިރިއުޅުމުގައި ދަރިންމަތިން ހަނދާންނެތި އެއްޗެއް ހޯދަން ގުޅާލުމުން ޝަކުވާ ކުރާނަމަ ބުނެވޭނެއެވެ.

އެ ކަކުންޏެއް ހަރުކޮންނާނީ އެ ކަކުންޏެއްގެ ވަރުންނެވެ. އެންމެންނަކަށް ކުކުޅު ބިރިޔާނީ ހަޖަމެއް ނުކުރެވޭނެއެވެ. މިއީ ލައްކަ ވާހަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. "ކަނބަލުންގެ ފަރާތުން ކަލުންނަށް"، "އަންހެނުންގެ ފަރާތުން ފިރިހެނުންނަށް".
    ސުރުޚީގައި ނުކިއްސަރު ކަމެއް އެބަހުރި.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *