Support Us

ކޮލަމް ކޯދު: ލަވައެއް ކިޔައިދޭ ވާހަކަ- ހުރިހާ ކަމެއްގެ ފަރުވާ

މިއީ ހުރިހާ ކަމެއްގެ ފަރުވާއެކެވެ!

ތަނެއްގާ ރިއްސިއަސް ވެހެވެ.

އެހެން ބައްޔެއް ވިޔަސް ވެހެވެ.

ނޫނީ ހިތާމައެއް ލައިގެނެގެން އުޅޭ ކަމަށް ވިޔަސް ވެހެވެ!

އަދި ކިއެއް ހެއްޔެވެ؟ ބޮލުން އިސްތަށި ފޭބިޔަސް ވެހެވެ.

ލޯތްބެއް ކާމިޔާބު ކުރަން ބޭނުން ވިޔަސް ވެހެވެ.

ވިޔަފާރީގެ ގެއްލުން ފޫ ބައްދާލަން ވިޔަސް ވެހެވެ.

ކަމެއް ސިއްރުކޮށް ފޮރުވަން ބޭނުން ވިޔަސް ވެހެވެ!

އެއީ ހެއްޔެވެ؟ ފެން ކިޔެވުމެއް ނޫނެވެ!

ނޫނީ ތަށި ލިޔުމެއް ވެސް ނޫނެވެ!

ނޫނީ ފަންޑިތައެއް ހެދުމެއް ވެސް ނޫނެވެ!

ތަވީދެއް އެޅުމެއް ވެސް ނޫނެވެ!

މާލީޝްކޮށްލުމެއް ވެސް ނޫނެވެ! އެއީ ކިތަންމެ މޮޅު ފަރުވާއަކަށް ވިޔަސް ވެހެވެ.

އާދެ، ހުރިހާ ބައްޔަކަށް ވެސް ހިތާމއަކަށް ވެސް އޮތީ ހަމަ އެއް ފަރުވާއެކެވެ!

އެއީ ހެއްޔެވެ؟ ހިޖާމާކުރުމެވެ!

އެހެންވެ، ސާހިބުންނާއި ޚާދިމުން،

ހާކިމުންނާއި މަހުކޫމުން،

ސިފައިންގެ ވެރިންނާއި ރަސްރަސްކަލުން،

މި އެންމެން ވެސް އަހަރެންގެ އާލަމަށް އައިސް އަހަރެންގެ ކުރިމަތީ އިސްޖަހައެވެ!

އެހެން ކަމަށްވާ އިރު، އިނބަ ވެސް މިކަމުގެ އަޖުމަ ބަލާނުލަންވީ ކީއްވެ ހެއްޔެވެ؟

އެކަމުގައި ހުރި ފައިދާއާއި އަރާމު އެނގޭނީ އޭރުން ނޫން ހެއްޔެވެ؟

ލަވައިގެ ވީޑިއޯ