...

Support Us

ފަހަށް ނުބައިލައި ވެވޭ ތަރައްޤީ

ޒަމާނުން އޭގެ ފޮނިރަހަދިން ޤަރުނުތައް އިސްވެ ދިޔައީތާ
އަމާންކަމުގައި ޖިފުޓިތަކުގައި އުޅުނު މާޒީ އެ ނިމުނީތާ

އަވަށްޓެރިޔާގެ ޙައްޤުތަކާ ތިމާގެކަމާ އެފަދަ ގުޅުމާ
"މަވައްދަތު"ގައި ބަދަހިކޮށްގެން އުޅުނުހިނދު ނިމި އެދިޔައީތާ

ރަށެއްގައި ޢާއިލާއެއްހެން ބަދަހި ގުޅުމެއް މަތީ ތިއްބައި
ރަށެއް އެއްފަސްކުރާ ހަމައިން ގުޅުންތައް ހެޔޮވި އުވުނީތާ

ކަތީބާ ކުޑަކަތީބާ އަދި މުދިމު ސިފައިން ނުލައި ރަށްރަށް
މަތީދަރަޖައިގެ ކިޔަމަންތެރި ކުރެއްވި އުކުޅު އޮޔާލީތާ

ބިމުން ބޯފެން ނަގައިގެންބުއި ޒަމާން މާޒީވެގެން ދިއުމުން
ނިމުން ހަނގުރާމައި އައިނަމަ ބިމުން ފެން އަތުނު ވާނޭތާ

ރިޔާތައްނެގި އުކައިލަފައި ތެލުގެ އިންޖީނު އެޅިއެޅުމުން
ކިޔާބޮޑު ޙަރުބު ފެށުނީމާ ދަތުރު ނުކުރެވި ތިބޭނޭތާ

އެއިންކައިހެދި ރުކާގަސްގަސް ގެދޮރުއެޅުމަށްކަނޑައި ހެދުމުން
ކެއިންބުއިމަށް ދުނިޔެދަތިވާ ހިނދަކު އެދަތީ އުޅޭނޭތާ

ގެދޮރުއެޅުމަށް ގިފިއްޔާވަޅު ހަނޑަސްބުރިޔާ އުވައިލެވުމުން
ގެދޮރުގައި ފެން ކަރަންޓާ ނެތް ދުވަހު ސަހަރޯ ވެވޭނޭތާ

ހިތަށްއެރިހައިކަމެއް ދެއަތުން ބޮލުންނުކިރައި ކުރާކުރުމުން
މިތަންވަޅު ލުއިލިބޭ ނަމަވެސް ނިކަން ވިސްނާން ޖެހޭނޭތާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *