ލޮލުން އޮހޮރޭ ކަރުނައިން ހިތުގެ ޙާލަތު ފަހެ ބަޔާންވޭހޭ
ދުލުން ޤަލަމުން ވިޔަސް މަންޒަރު ހަޤީގަތުގައި ބަޔާންވޭހޭ
ރަނުން އެޅި ބިންގަލުގެ މައްޗަށް ބިނާކުރި ރީތި ގަނޑުވަރުތައް
ފަނުން ހުރި ޖިފުޓިއެއް ކަމުގައި ހިތަށް ފެނުނަސް ބަޔާންވޭހޭ
މަލުން މާފަތި ގަތައިގެން ޝަރަފުގައި އަތް އުފުލަމުން ދިއަޔަސް
ފުލުން ދިޔަ ހިތި ފަސާނާ ލިޔެ އެ އިހްސާސްތައް ބަޔާންވޭހޭ
ބެލުން ތިރިކޮށް ހިނގާ މަގުގައި އަބުރު ވެރިއެއް ކަމަށް ފެނުނަސް
އަލުން ފިނިކަން ލިބެންނެތުމުން ހިތުގެ ހާލަތު ބަޔާންވޭހޭ
ނަމުން ވެވިގެން ޖަރީ ޖައްވާ ފަޒާގައި ބަބުޅަމުން ދިއަޔަސް
ރޮމުންދާ ހިތުގެ ގިލަނުގެ އަޑު މިޖަޒުބާތުން ބަޔާންވޭހޭ
ހަގުން ދޮއްޓަށް ތިމާ ޒިންމާ ނަގަން ޖެހުނަސް ނުވިސްނޭތީ
މަގުން ދީނުގެ ނުހިނގެނީނަމަ ލިބޭ ވޭންތައް ބަޔާންވޭހޭ
ދަލުން ފެންވެރި އުހުން ތިރިއަށް ތިމާ ވެއްޓޭތި ހުވަފެނުގައި
ކަލާމުން ކުރުސި ކިޔަވައިގެން މެޔަށް ފުމުނަސް ބަޔާންވޭހޭ