...

Support Us

ކޮލަމް ކޯދު: ބުއްދިވެރި ބަހެއްގެ ދިވެހިކޮށްލުމަކާއި އިތުރުކޮށްލުމެއް

"ސަމާލުވެ ހުންނާށެވެ! އިނބަގެ ގަޔަށް، އެއްދުވަހު ކަށިޖެހި ނަގުލަންދާށި، ތަގިދީރު، އާދެ، ރޭ ދުވާގެ ދައުރުވުން އައިސް، ފަހަރެއްގައި ވެސް އެ ނަގުލަންދާށި ސުލްހަ މަސަލަސްކަމުގެ ކޮތަރަކަށް ހަދައެއް ނުލާނެއެވެ!"

އެކުގައި އުޅޭ މީހުންގެ ތެރޭގައި އުޅޭ މެހި މާބުރާއި ނަގުލަންދާށި ދެނެގަންނަން ޖެހެއެވެ. އާދެ، އަމިއްލަ އެދުމާއި މަސްލަހަތަށްޓަކައި ގާތްވެގަނެގެން އުޅޭ މީހުން ދަންނަން ޖެހެއެވެ. މިއަދު އެމީހުންގެ މަސްލަހަތު ނިޔާކުރީ އިނބައާ އެކުގައި އުޅެން ކަމަށްވާ ގޮތަށް، މާދަމާ އެމީހުންގެ މަސްލަހަތު ނިޔާ ކުރަނީ، ނަގުލަންދާއްޓެއްހެން އިނބަ ގައިގައި ދައިގަންނަން ކަމަށް ވެއްޖެ ނަމަ، އެކަން ކުރަން އެމީހުން ޖެހިލުމެއް ނުވާނެއެވެ.

އެއީ ކީއްވެހެއްޔެވެ؟ އެފަދަ މެހި މާބުރާއި ނަގުލަންދާށީގެ ތަބީއަތުގެ ވެރިންނަކީ އެއްވެސް މަބްދައެއް، އުސޫލެއް، މަތިވެރި އަޚުލާގީ ހަމަތަކެއް ގެންގުޅޭ ބައެއް ނޫނެވެ. އެމީހުންނަކީ އެމީހުންގެ އަމިއްލަ ނަފްސަށް އަޅުކަންކުރާ ނަރުގިސީ (ނާސިސިްޓް) ތަބީއަތެއްގެ ވެރިންނެވެ.

ކީރިތި ގުރުއާނުގައި އެފަދަ މީހުން ސިފަކުރެވިފައި ވަނީ މިފަދައިންނެވެ. أَفَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍۢ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ. (ކަލާގެފާނަށް އެނގިވަޑައިގެންވޭ ހެއްޔެވެ؟ އޭނާގެ އިލާހަކީ އޭނާގެ އަމިއްލަ ހަވާ ނަފްސު، އަމިއްލަ އެދުންތައް، ޚިޔާރުކުރި މީހާގެ ވާހަކައެވެ. އޭނާއަކީ އެފަދަ މީހެއްކަން މާތްﷲ ދެނެވޮޑިގެންވީ ހިނދު، އޭނާ މަގުފުރެދި ދިޔުމަށް ދޫކޮށްލެއްވިއެވެ. ދެން، އޭނާގެ އިވުމާއި ހިތުގައި ސިއްކަޖައްސަވައި އޭނާ ލޯމަތީ ފަރުދާއެއް އަޅުއްވައި (އެކަންކަމުން ހެޔޮ ފައިދާއެއްކޮށް ރަނގަޅު ވިސްނުމެއް އޭނާއަށް ލިބުމުން އޭނާ މަހުރޫމު ވެގެންދިޔައެވެ.) އެ މީހަކު މަގުފުރެދި ދިޔުމަށް މާތްﷲ ދޫކޮށްލަވައިފި މީހާއަށް ދެން މަގުދައްކާނީ އަޅެ ފަހެ، އެހެން ކާކުހެއްޔެވެ؟ ކަލޭމެން މިކަމުން ހަދުމަކޮށް، (އިބުރަތެއް ލިބި) ނުގަންނާނު ހެއްޔެވެ؟ [ޖާޘިޔަތު ސޫރަތުގެ 23ވަނަ އާޔަތް)

އާދެ، ތިމަންގެ އިލާހަކީ، އަޅުކަން ކުރާ ފަރާތަކީ ތިމާގެ އަމިއްލަ އެދުންތައް ކަމުގައި ބަލާ މީހާއާ މެދު، އެއްވެސް ޝައްކެއްނެތް ގޮތުގައި ސަމާލުވެ ހުންނަން ޖެހެއެވެ. އެފަދަ މީހެއްގެ ކިބައިން ތިމާއަށް ލިބިދާނެ ބޮޑު ގެއްލުމެއްގެ ސަބަބުންނެވެ. ދައިގަންނަން ޖެހިއްޖެ ނަމަ، ދަނޑިވަޅު ބަލާފައި، ނަގުލަންދާއްޓެންހެން ތިމާގެ ގައިގައި ދައިގަންފައި ދާނެތީއެވެ. އެހެން ކަމަށްވާ އިރު، މިފަދަ މީސްމީހުން، އެމީހުންގެ ހަގީގަތް މާތްﷲ ފާޅުކުރައްވައި، އެންމެންގެ ކުރިމަތީ ހާމަކުރައްވަމުން ގެންދަވާއިރު، އެއީ ގައުމުގެ ޖަމާއީ ހަޔާތަށް މަގުދައްކަން ޚިޔާރުކުރަންވާނޭ ބަޔަކަށް ހެދުން ވާނީ ކޮންކަހަލަ ކަމަކަށް ހެއްޔެވެ؟ މަތީގައި ނަކަލުކުރި އާޔަތުގައި ނިންމާލަމުން އޮތް އިބާރާތް އަދި އެއްފަހަރު ކިޔާލާށެވެ! أَفَلَا تَذَكَّرُونَ ކަލޭމެންނަށް ހަނދާންކޮށްދެވުނު ކަންތައް ހަދުމަކޮށް،އެކަމުން އިބުރަތެއް ހަމަ ލިބި ނުގަންނާނަން ހެއްޔެވެ؟

މީހަކަށް ނުބައި އިޚްތިޔާރެއް އެއްފަހަރު ކުރެވި، އެކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. އެކަމުން އިބުރަތް ލިބިގަނެ، އެކަން ތަކުރާރު ނުކުރީމާ ނިމުނީއެވެ. ކުރިއަށް މިއޮތީ މިފަދަ ކަންކަމާ ކޮންމެ މީހަކު ވެސް އަމިއްލައަށް ވިސްނައި ގުދުރަތުން ހަނދާންކޮށްދިން ހަނދާންކޮށްދިނުމުން ފިލާވަޅު ލިބިގަނެ ރަނގަޅު ގޮތް ޚިޔާރުކުރުމުގެ ފުރުސަތެއް ލިބޭނޭ ދުވަސްވަރެކެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.