...

Support Us

ކޮލަމް ކޯދު: ތަސްވީރެއްގެ މައްޗަށް ނަޒަރެއް ހިންގާލުން

މަތިން އެ ފެންނަނީ ދައުލަތެއްގެ އިއްޒަތްތެރި ބޭކަލެއްގެ ތަސްވީރެކެވެ. އެ ތަސްވީރު ނެގިފައިވަނީ މަތިންނެވެ. އެހެންވެ، ހިތާމައާއެކު ދަންނަވަން ޖެހެނީ ތަސްވީރު ނެގިފައިވާ ރޮނގުވަޅުގެ ސަބަބުން އިއްޒަތްތެރިޔާގެ އިއްޒަތްތެރިކަން ގެއްލިފައިވާ ކަމެވެ. އިއްޒަތްތެރިޔާ ފެންނަނީ ހަމަ އެހެން އާދައިގެ އިންސާނުން ވެސް ފެންނަ ގޮތަށެވެ. ހަމަ އިންސާނެއްގެ ގޮތުގައެވެ. ތަސްވީރު ނެގިފައިވާ ރޮނގުވަޅުގެ ސަބަބުން އޭނާ ފެންނަނީ ހުތުރު ގޮތަކަށެވެ!

މި ހިސާބުން އުފެދޭ ސުއާލެއް އެބަ އޮތެވެ. މީހާގެ ސިފަ ރީތިވިޔަސް އަދި ހުތުރުވިޔަސް، މީހާ ކޮންމެ ފަދަ ނުބައި ކަމެއް ކުރިޔަސް، ދައުލަތުގެ އިސް މީހަކަށް އޭނާވުމުން އޭނާ އިއްޒަތްތެރިއަކަށް ވެއެވެ. އަދި ގުދުވެ، އިސް އުފުލައިގެން އޭނާގެ މޫނަށް ބަލާ ނަމަ، އޭނާއަށް ލިބިފައި އޮންނަ އިއްޒަތުގެ ލަގަބުގެ ސަބަބުން، އޭނާ ފެންނަނީ ވަރަށް ވެސް ރީތި، މާތް މީހެއްގެ ގޮތުގައެވެ. ނަމަވެސް، ތިމާއީ ވެސް އިއްޒަތުއްނަފްސުގެ ވެރިއެއް ކަމަށް ދެކި، މަތިން ތިރިއަށް އޭނާއަށް ބަލާލުމުން، އޭނާ ފެންނަނީ މަތީގައި އެވާ ސޫރައިން އޭނާ ފެންނަ ގޮތަށެވެ.

މިއިން ލިބޭ ފިލާވަޅަކީ ކޮބާހެއްޔެވެ؟ ފުރަތަމަ ފިލާވަޅަކީ މީހާގެ އިއްޒަތްތެރިކަން އޭނާގެ މަގާމާ ގުޅުވާފައި ނުބޭއްވުމެވެ. ދެވަނަ ކަމަކީ ތިމާއަކީ ވެސް އިއްޒަތްތެރިއެއް ކަމަށް ދެކި، ތިރިން މައްޗަށް މީހުންގެ މޫނަށް ބެލުމުގެ ބަދަލުގައި މަތިން ތިރިއަށް ނުވަތަ އޮލަނބަށް މީހުންގެ މޫނަށް ބެލުމެވެ. އާދެ، ތިމާގެ އިއްޒަތް ވެސް ތިމާ ހިފަހައްޓަން ޖެހެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.