މާމަ ދެކުނިންހޭ މިޤައުމުގެ ދިދަ ވަޔާ ހޫރޭ ތަނެއް
މާމަ މެންގެ ކުދިން އެކީގައި އަތު ގުޅައިގެން ހިނގި ތަނެއް
މާމަތިން ކުދި ދޫނިތައް އައިސް އުދުހިފައި ތިރި ކުރި ތަނެއް
މާމަލަށް ތިރިކޮށް ކޮކާތައް ބޮސްދެމުން އުދުހުނު ތަނެއް
ރީތި ދޮންވެލި ފިނޮޅު ތަކުގައި ރާޅުތައް ބޮސްދޭ ތަނެއް
ރީތި ކަން ޤުދުރަތުގެ ފެނުމުން ސޯޚު ކުރުވާފަދަ ތަނެއް
ކުކުޅު ހާލާ އަދި ބުޅާ ތައް އެކުވެ އުފަލުން ދުވި ތަނެއް
އުކުޅު ދައްކައި ދުވެ މަޖާ ކޮށް އުފަލުގައި ދުވެ ހެދި ތަނެއް
އަދު އެމަންޒަރު ބަދަލު ވެއްޖޭ ރީތި މާޒީ ގެއްލުމުން
އަދުގެ ހާލަތު ލޯމަތިން ސިފަކޮށް ދެނީ ބިރުވެރި ތަނެއް
މާމަ ކޮށްދޭށޭ ދުޢާ ދެއްވުން އަދައިގެން ރަޙުމަތެއް
މާމަ މެންގެ ޒަމާން އަލުން އައިސް އުފަލުގައި އުޅެވޭ ތަނެއް