ރާގު: ފިނިފެންމަލުގެ އެ ތަންމަތީ….
މިނިވަން އަރާމު ރޯޅިޔާ ޒިކުރާ ތަކޭ މި އާވަނީ
ފިނިކަން ނިކަން ހިތަށް ލިބޭ ހިނިތުން ވުމޭ ގެނެސްދެނީ
ރައްބީގެ ނަޞްރު އައި ގޮތާ މިނިވަން މިދީބު ވީގޮތާ
ސައްބީސް ޖުލާގެ ހައިބަތާ ނާޞިރު ރައީސް ހަނދާންވަނީ
އިނގިރޭސި ބިޔަވި ދައުލަތާ ކުޑަޔަސް ދިވެހި މި ދައުލަތާ
ހިނގި ޙާދިސާގެ ބާވަތާ ތާރީޚުގައި ފަވައިލަނީ
އައްޑޫގަމާ ގުޅޭ ފަތާ ކުރުވީ އަޙުދުގެ މުއްދަތާ
ޙައްލެއް ލިބުނު އެ ޙާލަތާ ޢަހުދުން ޝަރުޠު އުވައިލަނީ
އޮޅުދޫ ކަރައިގެ އިމުތެރޭ އިނގިރޭސި އެމްބަސީ ތެރޭ
އޮޅުމެއް ދެ ދައުލަތުގެ ތެރޭ ނާރާ ސޮއިންނެ ނިންމަނީ
އޮނަސައްތަހާސް ވުރެން މަހަށް ސައްބީސް ޖުލައި ނެގޭ އުހަށް
އޮނަވިހި ސަތޭކަ ފަސްދޮޅަސް ފަސްވަނަ އަހަރު ފަވައިލަނީ
އެދުވަހު އުފާވެ ޙަމްދުކޮށް ރަށްރަށު ޝުކުރުގެ ސަޖިދަކޮށް
މެދުވެރިވި ގޮތް ވަޒަންމެކޮށް އުފަލުންނެ ކަރުނަ އޮހޮރުނީ
މަތިވެރި މި ނިޢުމަތާ މެދަށް ހޭލައި ތިބޭށެ ދާއިމަށް
މަތިހަށި ނަގައި ދިފާޢަކަށް ހުޝިޔާރުގައި ތިބޭންވަނީ
