Support Us

ދުނިޔެ ފުރޮޅޭ ގޮތާމެދު ޣާފިލުނުވާށެވެ!

ދުނިޔެ ފުރޮޅޭ ގޮތާމެދު ނުވިސްނާ ގަދަ ނިދީގައި ތިބޭކަށް ނުވާނޭ
މުނިއަވަސް ފިލުވުމާ ކުޅިމަޖަލުގައި ވޭތުކުރުމަށް ޢުމުރު ހެޔޮ ނުވާނޭ

ހިޔަނި ހަފަރާތުގައި ހުންނަ ހުރުމުން އިރު ހިނގާކަން އެނގޭނޭ ވަށައިގެން
ވިޔަތަކުން އެހެރަކަންކަން ނުހޯދައި ބަދަލުތައް އަންނަ ދެނެނުގަނެވޭނޭ

ކޭތައެއް ދިގު ހިފައިފިޔެ ނޮވެމްބަރު އޮނަވިހީގައި އެކާވީސް ދެހާހުން
ވޭތަ އެކަމާގުޅޭ ސިއްރު އެނގުމެއް، ބާރުތަށް ހުޅަނގު ބިތުގައި ނިމޭނޭ

އިރުވަޔާ ހުޅަނގު މޫސުމުގެ ރާޅާ، ހުޅަނގު ތުނޑި މުޅިއެކީގައި ގިރާލައި
ފިރުމަމުން ރާޅުތައް ބީހެމުން ގޮސް، އިރުމަތީގައި އެތުނޑިގޮސް ވޮޑޭނޭ

ފާރިސީން ރޯމަނުން ބާރުގަދަޔަސް މިޞްރު ފިރުޢައުނު ލަސްކަރުމެ ބިޔަޔަސް
ކާރިސާތައް ހިނގައިދާ އުޞޫލުން ވަސްފިލައި ދިޔަ ގޮތާ ހެކި ލިބޭނޭ

އިރު އަރާ އޮއްސުމުން ދޭ ފިލާވަޅު ދަސްނުކޮށް އެއްކަމެއް ވެސް އެނގޭހޭ
އިރުއިރަށް އެކި ދަމަށް ބޮޑު ތަފާތުން އަލިކަމާ ހޫނުދީ އޮއްސިދާނޭ

މައްސަރާ އަހަރުތައް ދައުރުވާހައި ރޭދުވާލުގެ އުޞޫލުން ހިނގާފައި
ލަސްތަކެއްނުވެ ސިކުންތެއްގެމިނުގައި މިނެވެމުން މިނެވެމުން ގޮސްނިމޭނޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *