...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ކާރެއް ވަގަށް ގެންދިޔަ މީހެއްގެ ވާހަކަ

މީހާކު އޭނާގެ ކާރު ގޭގައި ބާއްވާފައި އޮއްވާ ގެއްލުނެވެ. ދެން، މަގު މަގުގައި ކާރު ހޯދަން މަސައްކަތްކޮށް ވެސް ކާރު ނުފެނުމުން، އޭނާ ނިދިއެވެ. ހެނދުނު ވުމުން އަލުން ކާރު ހޯދަން މަސައްކަތްކޮށް ނުފެނިއްޖެ ނަމަ، މައްސަލަ ފުލުހަށް ރިޕޯޓުކުރާނީއޭ ހިތާހިތާ ބުނަމުންނެވެ.

ދެން އަނެއް ދުވަހު، ހޭލިއިރު އޭނާގެ ކާރު ގޭގައި އޮތެވެ. ކާރު އޮތީ ދޮވެލައި ވަރަށް ސާފުކޮށްފައެވެ. އަދި ކާރުގެ ތެރޭގައި ގޮނޑިއެއް މަތީ ކުޑަ ނޯޓެއް ވެސް އޮތެވެ. "ވަރަށް ބޮޑަށް މާފުކުރާށެވެ! އަހަރެން އަންހެނުން ވިހަން ވެގެން، ހޮސްޕިޓަލަށް ދާން ކާރެއް ނުލިބުމުން، އިނބަގެ ކާރު ގެންދަން ޖެހުނީއެވެ. ކޮންމެއަކަސް އަންހެނުންގެ ވިހެއުމުގެ މަސައްކަތް ދިޔައީ ވަރަށް ރަނގަޅަށެވެ. ދަރިފުޅާއި މަންމަ ވެސް ގަދައެވެ. ވަރަށް ބޮޑަށް އިނބައަށް ޝުކުރު ކުރަމެވެ. އަދި، އަހަރެންގެ މި ހަދިޔާ ވެސް ގަބޫލުކުރާށެވެ!" އެ ނޯޓުގެ ކައިރީގައި އެ ރޭ ދައްކާ ފިލްމަކަށް ދާން އޮތް ދެތިން ޓިކެޓާއި އަދި ބައެއް ފޮނި ކާނާ ވެސް ހުއްޓެވެ.

ކާރުގެ ވެރިމީހާ ވަރަށް އުފާކުރިއެވެ. މީހަކަށް ހެވެއް މެދުވެރިވާން އޭނާ ސަބަބަކަށް ވީތީއެވެ. ދެން، އަންހެނުން އޮތީ ހޮސްޕިޓަލުގައި ކަމުން، އާއިލާގެ އެހެން މެމްބަރުން ގޮވައިގެން ސިނަމާއަށް އޭނާ ދިޔައެވެ.

ސިނަމާއިން އެނބުރިއައި އިރު، ކަމަކުދާކަށް ނެތެވެ. ވަގަކު ގެއަށް ވަދެ، މުޅި ގެ އޮތީ ހުސްކޮށްލާފައެވެ. އަދި ދޮރުގައި ކުޑަ ނޯޓެއް ވެސް އެލުވާލައިފައި އޮތެވެ. އެ ނޯޓުގައި ލިޔެފައި ވެއެވެ. "މީހުން ބުނާހާ އެއްޗެހި ގަބޫލުކުރާކަށް ނުވާނެއެވެ. ސަބަބަކީ މީހުން ބުނާ އެއްޗެއް އެ ބުނަނީ ކީއްވެގެންކަން އިނބައަށް ވިސްނާ ނުލެވޭތީއެވެ. އަދި، އެހެންވެ، އެ ބުނާ ބުނުމުގެ ފުރަގަހުގައި އޮތީ ކޮން ކަމެއްކަން ވެސް އިނބައަށް ނޭނގޭތީއެވެ. މި ޒަމާނުގައި މީސްތަކުން ކަންކަން ކުރާ ގޮތާ މެދު ވަރަށް ވެސް ސަމާލުވާން ޖެހެއެވެ. ސިޔާސީވެރިން ވެސް، އެތައް ވައުދުތަކެއް ވެފައި 'އިނބަގެ ގެއަށް' ވަދެ ގެ ހުސްކޮށްލައިގެން ދޭ ނޫން ހެއްޔެވެ؟ އެހެން އެކަން ވަނީ، އަހަރެން އިނބަ މޮޔަ ހެއްދި ފަދައިން، ސިޔާސީ ވެރިންގެ ވާހަކަތައް ވެސް ގަބޫލުކުރެވި ދާދި ފަސޭހައިން މޮޔަ ހެއްދޭ މީހަކަށް އިނބަ ވީމައެވެ!"