ޅަފުރާ ހަނދާނަށް އަންނައިރު އުފަލުން މިހިތް ފުރި ދާނެޔޭ
ޅަފުރާާގެ އެކި އެކި ފޮނި ހަނދާން ހިތަކުން ފިލާ ނުމެ ދާނެޔޭ
އިރު އުދަރެހުން ފާއްދާލުމުން ކިރު ދޫނިތައް އުދުހޭނެޔޭ
ފިރުމާލަދޭ ފިނިރޯލި ތައް ހިތްތައް އުފާ ކޮށް ދޭނެޔޭ
ހެނދުނުގެ. ވަގުތު އަޚުނާއި އުޚުތުން އުފަލުގައި އަންނާނެޔޭ
ހެނދުނުގެ ސަޔަށް އިންސާފު ކުރުމަށް މަންމަމެންއަންގާނެޔޭ
ހަނދުވަރުގެނަލަ އަލިކަން ލިބޭ ތަނަވަސް ކަމުގެ މާޙައުލެކޭ
ހަނދުމައިން ފިލާ ނުމެދާނެ ފަދަސަފްހާ ތަކެއް ލިޔެވޭނެޔޭ
ރުހުމާއެކީ އެންމެންގެ ވެސް ބޭނުންތަކެއް ފުއްދައި ދެމުން
ސުފުރާ އަލުން އާ ކޮށްލަމުން ތަށިތައް ނަގާ އަތުރާނެޔޭ
ގެދޮރާއި ތަނަވަސް ނިޢުމަތާ ލިބިފައި ވިޔޭ މާތްބައްޕަޔަށް
އެދުމެއް އޮތަސް އުފަލާއެކީ އެންމެންގެ ވެސް ދެއްވާނެޔޭ
ހިތްތިރި އެހާ މަޑުމޮޅި މިޒާޖެއް ބައްޕަޔަށް ލިބިފައިވިޔޭ
ހިތްހެޔޮ ކަމާއެކުގައި އަބަދު ހިނިތުންވުމެއް ދެއްވާނެޔޭ