Support Us

ނުކިޔާށެވެ.

އާއިލީ ގުޅުންތަކުގެ އެންމެ ބޮޑު މައްސަލައަކީ ތިމާ އަނެކުންނާ އަޅާނުލައި އަޅާލެވޭ ވާހަކަ ދެކެވޭތީއެވެ. އަމަލުން ނުދައްކާ ހަމައެކަނި މީހުންގެ ކުރިމަތީ ދުލުން އެ ވާހަކަ ބުނެދެވޭތީއެވެ.

ހިތްހެޔޮވުމަކީ އެއްޗެހި ތަކެއް ދިނުން ނޫންކަމާއި އެއީ އަނެކުންނަށް އެދުމެއް ނެތި ދެވޭ އަޅާލުމާއި އޯގާތެރިކަމެވެ. ބަލިހާލަތުގައި އެހީތެރިވުމެވެ. ކޮށްދިނުމަށްފަހު ކަލަ ގޮވޭނަމަ ކޮށްދިނުމެއްނެތެވެ. ހަދިޔާއެއްގެ ގޮތުގައި ދެވޭ ތަކެތީގެ ލިސްޓް އިޢްލާން ކުރެވޭނަމަ ނުދިނުން މާ ރަނގަޅެވެ.

ނަމަވެސް ހިތާމައަކީ ގޭތެރެއިން ތުންފިއްތާ މީހާވެސް ބޭރުތެރޭގައި އޭނައަށްވުރެ ވަކި ހެޔޮ މީހަކު ނެތްކަމަށް ބުނެ ތިމާގެ ކިބައިގައި ނެތް ހެޔޮކަން ނެރޭތީއެވެ.

ހަގީގަތަކީ ހެޔޮ ހޮތުން އަޅާލުމާއި އޯގާތެރިކަމާ އެކު އަނެކުންނަށް އެހީވާ މީހަކު އެވާހަކަ ނުދައްކާނެކަމެވެ. ރަޙިމުގެ ގުޅުމުގެ މަތިވެރިކަން ދަންނަ މީހާ އަނެކުންގެ އައިބުތައް ނެރެ ފަޟީހަތް ނުކުރާނެކަމެވެ. ގޭތެރޭގައި އަނެކުންނަށް ބަދުބަސްބުނެފައި ބޭރުތެރޭން ފޮނިތޮށިކާފޫރު ތޮޅިއަކަށް ތިމާ ނުވާށެވެ.

ކަން ދެންކެން ވެވޭ ހެޔޮކަމަކީ އަބަދުވެސް ތިމާގެ ދުލުން އެވާހަކަތައް ދެކެވި ހުދު އަމިއްލައަށް ބޭޒާރުވެދޭ ކަމެކެވެ. ތިމާގެ ހެޔޮކަން އަމަލުންދައްކާ ހިތުން ތެދުވެރިއަކު ކަމުގައިވާށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *