Support Us

އެތިކްސްއާއި މޯރަލްގެ ތަފާތަކީ ކޮބާ؟

އެތިކްސް އާއި މޯރަލް ގުޅިފައިވަނީ ހެވާއި ނުބައި ނުވަތަ "ރަނގަޅު" އާއި "ނުރަނގަޅު" ސުލޫކާއެވެ.

ވަރަށް ގިނަ ފަހަރަށް މި ދެ ލަފުޒު އެކުގައި ބޭނުންކުރެވުނަސް މިއީ ތަފާތު ދެ މާނައެއް އެކުލެވޭ ދެ ލަފުޒެވެ. އެކަމަކު މި ދެ ލަފުޒުގެ މާނަ ވަކިކޮށް ބަޔާންކޮށްދޭން އެހާ ފަސޭހައެއް ނޫނެވެ. އާންމުކޮށް މީހުން ބޭނުންކުރާ ގޮތުންނެވެ. އެއް ލަފުޒު އަނެއް ލަފުޒުގެ މާނައިގައި ބޭނުންކުރުމުންނެވެ.

އެތިކްސްއަށް ނިސްބަތްވަނީ ބޭރު މަސްދަރަކުން ފޯރުކޮށްދޭ އުސޫލުތަކެވެ. މިސާލަކަށް އެއީ މަސައްކަތްކުރާ ތަންތަނުގައި ހުންނަ ސުލޫކީ މިންގަނޑުތަކެވެ. ނުވަތަ ދީނުގައި ހުންނަ ހަރުދަނާ އުސޫލުތަކެވެ. ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްއެއް އޮވެއެވެ. އެއީ އެ މުއައްސަސާގެ އަޚްލާޤީ އަދި ސުލޫކީ ކޯޑެވެ.

މޯރަލް އިޝާރާތް ކުރަނީ ކަންކަމުގައި ހެވާއި ނުބައި ފަރުދެއްގެ އަމިއްލަ އުސޫލުތަކުގައި ގެންގުޅޭ މިންގަނޑުގެ މައްޗަށެވެ.

އަޅާކިޔުމުގެ ނަޒަރަކުން ބަލާއިރު އެތިކްސްއަކީ އިންސާނީ ޢަމަލުތަކުގެ ވަކި ދަރަޖައަކަށް ނުވަތަ ވަކި ޖަމާޢަތަކަށް ނުވަތަ ސަޤާފަތަކަށް އިޙްތިރާމްކޮށް ޤަބޫލުކުރެވޭ ސުލޫކީ ޤަވާޢިދުތަކެވެ.

މޯރަލްއަކީ ރަނގަޅު ނުވަތަ ނުރަނގަޅު ސުލޫކާ ގުޅޭގޮތުން ހިފަހައްޓައި އަސާސްތައް (ޕްރިންސިޕަލްސްތައް) ނުވަތަ އާދަތަކެވެ. ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން ކަނޑައަޅާއިރު، މޯރަލްއަކީ އާޚިރުގައި ޙައްޤާއި ނުބައި ދެނެގަނެވޭނެ ސަމްގާއެކެވެ. ކޮންމެ މީހަކު ވެސް ހިފަހައްޓަންޖެހޭ އަޚްލާޤީ ސިފަތަކެއް ހުންނަންވާނެއެވެ. އަޚްލާޤީ ގޮތުން ކުރާނެ ކަންތައްތަކާއި ނުކުރާނެ ކަންތައްތަކެއް ހުންނަން ވާނެއެވެ. ހުރަސްކޮށްގެން ނުވާނެ ރޮނގެއް ކޮންމެ ކަމެއްގައި ވެސް އޮންނަންވާނެ އެވެ. އެކަންކަަން ކުރުމަށް ހަވާ ނަފުސުން ގޮވާލާ ގޮވުންތަކަށް އިޖާބަ ނުދިނުމުގެ ހިތްވަރު ހުންނަންވާނެއެވެ.

އެތިކްސް އަންނަނީ އިޖުތިމާޢީ ނިޒާމުގެ ތެރެއިންނެވެ. އެއީ ބޭރުން އަންނަ އެއްޗެކެވެ. އެއާއި ޚިލާފަށް މޯރަލްއަކީ ފަރުދުންގެ ފުށުން ފެންނަ ކަންތައްތަކެކެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *