...

Support Us

ކޮލަމް ކޯދު: ތަސްވީރެއް ބުނެދޭ ވާހަކައެއް!

ތަސްވީރުން ފެންނަނީ ކުނިއަޅާ ބޮޑު 'ކުނިއުފުއްޔެކެވެ.' އަދި، އޭގެ ވަށައިގެން އެ އޮތީ ހުސް ކުންޏެވެ. ހަމަ ގައިމުވެސް އެ ފެންނަ ކުނި އުފުލީގައި އޭގެ ވަށައިގެން އެއޮތް ކުނިގޮނޑު އެޅޭހާ ޖާގަ އެބަ އޮތެވެ. ނަމަވެސް، އެކުނިތައް އުކާލައި އެ ކުނިގޮނޑު އުފެއްދި މީހުންނަށް ކުނިއުފުލީގެ ބޭނުންކުރާކަށް ނޭނގުނެވެ. އާދެ، ކުންޏަށް އޮތް މަގާމަކީ ކޮބައިކަން އެ މީހުންނަކަށް ނޭނގުނެވެ.

ކުނީގެ މަގާމަކީ ކޮބައިކަން ދެނެގަނެ، ކުނިއުފުއްޔަށް ކުނިއަޅައި، ކުނީގެ މަގާމުގައި ކުނި ބަހައްޓަން ނޭނގުނު ބަޔަކަށް، މީސްމީހުންނަށް އެކަށީގެންވާ މަގާމަކީ ކޮބައިތޯ ދެނެގަނެ، މީސްމީހުން މަގާމުތަކަށް ހޮވުމުގައި، އެ މަގާމަކީ އެމީހުންނާ އެކަށީގެންވާ މަގާމެއް ކަމުގައި ވިސްނައި ދެނެގަނެ، އެ ދެނެގަތުގެ މަތިން ކަންތައް ކުރަން އެނގިދާނެ ބާވައެވެ؟

ކުނީގެ މަގާމަކީ ކުނިއުފުލިކަން ނޭނގުނު ބަޔަކަށް، މަގާމު މަގާމަށް މީހުން ހޮވުމުގައި އެމީހުން، އެ މަގާމަށް އެކަށޭނަކަމާ މެދު ވިސްނާނެ ކަމަކަށް ނުބެލެވެއެވެ. އެތައް ފަހަރެއްގެ މަތިން، މީސްމީހުންނަކީ ކަމަށް އެކަށީގެންނުވާ ބައެއްކަން، އެ މީސް މީހުންގެ އަމަލުތަކުން ފެންނަ އިރުވެސް، ތަނުގެ އިގުތިސާދާއި ތަނުގެ މިނިވަންކަން ނަގާލުން ފަދަ އަމަލުތަކުން އެކަން ފެންނަ އިރު ވެސް، އެ ފަދަ މީސްމީހުންނަށް އެމީސްމީހުނާ އެކަށީގެންނުވާ މަގާމުތައް ދިނުމަށް ފަސް ނުޖެހެނީ މިހެންވެއެވެ. މިކަން އިސްލާހުކުރަން ވެއްޖެ ނަމަ، އެންމެ ފުރަތަމައިން ދަސްކުރަންވީ ކުނީގެ މަގާމަކީ ކޮބައި ކަމެވެ. އާދެ، ކުނީގެ މަގާމަކީ ކުނިއުފުލިކަން ދެނެގަނެ، ކުނިބުނި ކުނިއުފުއްޔަށް އަޅަން ދަސްކުރަންވީއެވެ! އާދެ، މިފެންނަ ތަސްވީރު މިހެން ބުނާ ކަހަލައެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.