Support Us

ދެއްވުނު ލަފާފުޅެއްގެ ސަބަބުން އެކަމާ މެދު އިމާމް އަބޫޙަނީފާ އަބަދުމެ ހިތާމަކުރައްވާ ލަފާފުޅެއްގެ ވާހަކަ

އެއް ފަހަރަކު ވަރަށް ބޮޑު ޢިލްމުވެރިއަކު އިމާމް އަބޫޙަނީފާގެ އަރިހަށް އައިސް ދެންނެވިއެވެ.

"އޭ އިމާމެވެ. ދުވަހަކުވެސް ތިބާގެ އަރިހަށް ހުށަހެޅުނު މައްސަލައަކާ ގުޅޭގޮތުން، ތިބާ ދެއްވި ލަފާފުޅެއްގެ ސަބަބުން ނުވަތަ ނިންމެވި ނިންމެވުމެއްގެ ސަބަބުން ހިތާމަކުރައްވަންތޯއެވެ؟"

ޖަވާބުގައި އިމާމް އަބޫ ޙަނީފާ ވިދާޅުވިއެވެ. "އާނއެކެވެ. އެއްފަހަރަކު ބަޔަކު މީހުން އަހަރެންގެ ގާތަށް އައެވެ. އެބައިމީހުން ބުނޫއެވެ. މާބަނޑު އަންހެނަކު ނިޔާވެއްޖެއެވެ. ނަމަވެސް އޭނާގެ ދަރިފުޅު އަދިވެސް ބަނޑުތެރޭގައި ހަރަކާތްތެރިވަމުންދެއެވެ. މިކަމާ މެދު އަހުރެމެން ޢަމަލު ކުރަންވީ ކިހިނެއްތޯއެވެ؟"

ތިމަންކަލޭގެފާނު ވިދާޅުވީމެވެ. "އެ އަންހެންމީހާގެ ރަޙިމު ކަފާލާފައި ކުއްޖާ ނަގާށެވެ."

"ދެންފަހެ، ފަހުން އެކަމާ އަހުރެން ވަރަށް ހިތާމަކުރީމެވެ. އެހެނީ އެ އަންހެންމީހާގެ ރަޙިމު ކަފާލައިގެންވެސް ކުއްޖާ ސަލާމަތްވާނެތޯ ނުވަތަ ނޫންތޯ އަހުރެންނަށް ޔަގީންނުވާތީއެވެ. އަދި މަރުވެފައިވާ އަންހެނެއްގެ ހަށިގަނޑު ކަފާލުމަށް ލަފާދެއްވުމުންނެވެ. އަހުރެން އެކަމާ މެދު ވަރަށް ހިތާމަކުރީމެވެ."

އެހިނދު ޢިލްމުވެރިޔާ ދެންނެވިއެވެ. "ތިޔަ ލަފާފުޅަކީ ކަލޭގެފާނު ހިތާމަކުރައްވަންޖެހޭ ވަރުގެ ކަމެއް ނޫނެވެ. ތިޔައީ الله ގެ ރަޙްމަތްފުޅުގެ ސަބަބުން ވީކަމެކެވެ. އެހެނީ އެކަމުގެ ސަބަބުން އެ ކުއްޖާ ސަލާމަތްވެ މިއަދު ކަލޭގެފާނުގެ ކުރިފުޅުމަތީގައި ހުއްޓި މި ހުރީއެވެ."

މަސްދަރު: ހަދާއިޤުލް ޙަނަފިއްޔާ/ 100 ސްޓޯރީސް އޮފް އިމާމް އަބޫޙަނީފާ (މައުލާނާ މުޙައްމަދު އުވައިސް ސަރޫރް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *