ހަށްގަސްގަ ލަކުޑިވާ
ޅަށްހުރެކޮ ގެން ހެދޭހާ
ޗަށްމަމާ އުހު ލިގެންވާ
ކަށްވިޔަސް ރުކަ ދިގުކިޔާ
ލަށްވުރެވެ ހެއް ނުވެވެޔޭ އު
ހަށްނުމެ ވެސް އެރެޔޭ އު
(ލަކުޑިވާ ގަސްގަހަށް
ކޮޅަށް ހުރެގެން ހެދޭހައި
މާމައްޗަށް އުހުލިގެންވާ
ދިގުކިޔާ ރުކަކަށް ވިޔަސް
ވެލަށްވުރެ އުހެއް ނުވެވެޔޭ
އުހަށްވެސް ނުމެ އެރެޔޭ)
ކާހިތްވަނީ ހަނޑޫ ގުޅަ
ކާށީތެލުން މުރަނަ ވީމަ
ކާއިރު މީރު ރަހަ ވީމަ
(ހަނޑުގުޅަ ކާހިތްވަނީ
ކާށީތެލުން މުރަނަ ލީމަ
ކާއިރު ރަހަ މީރު ވީމަ)
ވެއްޖެނަމަ މީހަކާ
އެއްކަޅިން ފެނިގެން ހިތާ
ހެއްލި ކުލަފެނި ރޫފަޔާ
ގެއްލުވާފައި ބުއްދިލާ
މެއްްގައިދަ ޖެހި އަވަދިވާނެ
ޔެއްވަޅި ނެތި ކަތިވާނެ
(މީހަކާ ވެއްޖެނަމަ
އެއްކަޅިން ފެނިގެން ހިތާ
ރޫފަޔާ ކުލަފެނި ހެއްލި
ބުއްދި ގެއްލުވާ ލާފައި
ދަމެއްގައި ޖެހި އަވަދިވާނެ
ވަޅިޔެއް ނެތި ކަތިވާނެ)
ތޯނުސަރު ހަނދުހިނގާ
އޯގަހެއު ފުސް މެދުންވާ
ހޯމައަކު ޢަތު ޤަމަރުސާ
ލޯބީގެ ވެނި ކުރަނިކާ
ރޯދި ގިނަވެއި ދަރިކޮޅާއި
ބޯގަ ލިބޭނެ ދެ މޮޅާއި
(ސަރުތޯނު ހަނދު ހިނގާ
އޯގަ ހެއު ފުސް މެދުންވާ
ހޯމައަަކު ޤަމަރު ސާޢަތު
ލޯބީގެ ކާވެނި ކުރަނި
ދަރިކޮޅާއި ރޯދި ގިނަވެއި
ދެ މޮޅާއި ބޯގަ ލިބޭނެ)
އަދުހުރީ ގައި ބުރުނު ހަނދު
ބަދުއަސަރު ގަދަ ބުދައަކަށްވި
ތަދު ލިބިދާނެ ހިނދަ ކަށްވި
(އަދު ހަނދުހުރީ ބުރުނުގައި
ބަދުއަސަރުގަދަ ބުދައަކަށްވި
ތަދުލިބިދާނެ ހިނދަކަށްވި)
މާނުއުހު ލޭހެ ޒިން
ފާރުދޮރުވަކި ނުވެވި އިން
ނާނެމޭވާ ދޮނަސް ބިން
ބާދާޅި ވެސް ގޭގެ ކިން
ޤާމެއް އޮތަސްމެ ބާރާމަ
ފާބޮޑު ވާނެ އާރާ މަ
(ޒިންމާ އުހުއްލޭހެ
ފާރު، ދޮރު، ވަކިނުވެވިއެއް
ދޮނަސް ބިންނާނެ މޭވާ
ގޭގެ ކިންބާ ދާޅިވެސް
ބާރާ މަޤާމެއް އޮތަސްމެ
މަފާ ބޮޑުވާނެ އާރާ)
