Support Us

ބޮޑު ޗުއްޓީއާއި ދަރިފުޅު…

ފުރާވަރުގެ އަންހެން ދަރިފުޅާއި ފިރިހެން ދަރިފުޅު ދެކެ ވާ ލޯބިން މެންދުރުވަންދެން ނިދަން ބޭއްވެއެވެ. ދުވާލާއި ރޭގަނޑުގެ ހަތަރުދަމު ފޯނުގެ ސަކަރާތުގައެވެ. ގިނަ މައިންބަފައިންނަށް ދަރިފުޅު ފަތިސްވަންދެން ޓިކް ޓޮކް ބަލަން އޮތުން މައްސަލައަަކަށް ނުވެއެވެ. ހުކުރު އެކަނި ފަރުޟުކަމަށް ބުނެދީ، އެ ކުދިން ގޮވައިގެން ނަމާދު ވަގުތު މިސްކިތަށް އަރާލާނެ ފަޔެއްނެތެވެ.

ބައްޕަ ޗުއްޓީގައި ހުރި ނަމަވެސް އެކަން ވާކަށްނެތެވެ. މަންމައަށް އަންހެން ދަރިފުޅު ލައްވާ ގޭތެރޭގެ މަސައްކަތެއްވެސް ކުރުވޭކަށް ނެތެވެ. ލޯބިލޯބި ދަރިފުޅެކެވެ. ބޭނުންހާ އެއްޗެއް ގަނެދީ ދަރިފުޅުގެ ސްކޫލު ޗުއްޓީގައި އަރާމުކޮށްލައި ކުޅިވަރު ކުޅެލައި މަޖާކޮށްލަން ދޫކޮށްލަންވީއެވެ. މަސައްކަތުގެ މާހަޢުލާއި ކިޔެވުމުގެ މާހައުލުން ލިބުނު ޗުއްޓީއަކީ މަޖާކުރުމެވެ. ހިތްހަމަޖައްސާލުމެވެ.

ނަމަވެސް ހަނދާން ނެތުނީ މީ ތިމާއަށް ދަރިން ތަރުބިއްޔަތުކޮށް ރަނގަޅު އާދަތައް އަށަގަނުވައި، ކުދިންނާއެކު ހޭދަކޮށްލަން ލިބޭ ރަނުގެ ފުރުސަތެއްކަމެވެ. ޗުއްޓީއަކީ ދުނިޔޭގެ މަޖަލާއި އުފަލުގައި އަރަގުވުން ކަމުގައި ތުއްތު ދަރިންނަށް ބުނެދެނީ މައިންބަފައިންނެވެ.

ނަމާދުކުރުމާއި ކެއުމާއި ބުއިމާއި އުޅުމުގެ އަހުލާޤު ދަރިން ކުރިމަތީ މައިންބަފައިން ނަގާލަނީ ޗުއްޓީގައި ރަށަށް ގޮސް ކުޅޭ އީދު ކުޅިވަރުތަކުގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *