Support Us

ނުބުނަނީއެވެ. ދެރަނުވާތީއެއް ނޫނެވެ.

އާއިލާއެއް އެކުގައި ދިރިއުޅޭއިރު އެންމެ ހިތްދަތިކަމަކީ ގޭތެރޭގައި ގެންގުޅޭ ތަފާތުކުރުމުގެ ވައްޓަފާޅިއެވެ. ވަކި ދަރިއެއްގެ އަނބިމީހާ ވީމާ އިސްވުމާއި ޙާއްސަވުމެވެ. ދޮންބެގެ އަނބިގޮއްޔެ ގެންނަ ތަކެތި ރީތިވެފައި ޗާލުވެ ތުއްތުގެ އަނބި ގޮއްޔެ ގެނައި ތަކެތި ކަމުނުދިޔުމެވެ. އެއްފަރާތްކޮށްލުމެވެ. ބަލިވުމުން ލިބެންވާ އަޅާލުމާއި ލޯބީގައި ތަފާތު ކުރުމެވެ. ފުސް މޫނު ދެއްކުމާއި ކަންކަމުން ބާކީކޮށްލުމެވެ. ކަންކަން ކުރުމުން ކުދި ކިޔައި ފާޑުކިޔުމެވެ.

ހަނދާން ނެތެނީ މީ އިންސާނުން ކަމެވެ. ފަސް އިނގިލި ފުރިހަމަނުވާނެ ކަމެވެ.

އެންމެންވެސް ބުނާނެއެވެ. އަޅާނުލާށެވެ. އެއީ އެމީހުންގެ މިޒާޖެވެ. އެކަމަކު ބުނެދެންހެއްޔެވެ؟ އެއީ ހިތުގައި ނުފިލާ ހުންނަ ރިހުމެކެވެ. ޒަމާންތަކެއް ފާއިތުވި ނަމަވެސް އެ ފަރަގު ހިތަކުން ނުފިލައެވެ.

އާއިލާއެއްތެރޭ ތަފާތުކުރުން ގެންގުޅޭނަމަ ހަސަދަވެރިކަމުގެ ދޮރެއް ހުޅުވުމަށް މަގުފަހިވެދެއެވެ. ނަފްސާނީ ގޮތުން ބަލިކަށިކޮށްލައި ގުޅުންތައް ހީނަރުކޮށްލައެވެ.

ހަމަހަމަކުރުމަކީ އެއްޗެހިތަކެއް ގަނެ ހަދިޔާތަކެއް ދިނުމެއް ނޫނެވެ. މުއާމަލާތްކުރުމާއި ގުޅުން ދެމެހެއްޓުމުގައި ހަމަހަމަ އުސޫލެއް ގެންގުޅުމެވެ. ރަނގަޅު ކަންކަމުގައި ހިތްވަރުދީ ގޯސް ކަމެއް ހިނގާނަމަ ރަނގަޅު މަގު ދައްކައިދީ އެކަކު އަނެކަކަށް އަޅާލައި ލޯބިދިނުމެވެ.

ތަފާތުކުރަނީ އަމިއްލައަށެވެ. އެކަން ރަނގަޅުކުރެވޭނީ ވެސް ތިމާއަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *