Support Us

ފިިރިއެއްގެ މެސެޖެއް: "ފިރިހެނުން ނުރޯނެއެވެ."

މިއީ ފިިރިއެއް ފޮނުވައިފައިވާ މެސެޖެއްގެ ހުލާސާއެކެވެ. އޭނާ ބުނެފައިވެއެވެ:

ހުރިހާ ފިރިންނަކީ ގޯސް ފިރިންނެއް ނޫނެވެ. އެކަމަކު އަޑު ހަރުކޮށް އެވާހަކަ ތަކެއް ނުކިޔަމެވެ. އަހަރެންގެ އަނބިމީހާއަކީވެސް ނުލާހިކު ލޯބިން ހޯދި އަންހެނެކެވެ. ކައިވެނީގެ ފުރަތަމަ ތިން އަހަރު ދުވަސް ވެސް ފެނިގެން ދިޔައީ ވަރަށް އޯގާތެރި، އެހެނަސް ޒަމާނީ ހުވަފެންތަކުގެ ވެރިއެއްގެ ގޮތުގައެވެ. ބޭރުން ކާލައި، އެންމެ ޒަމާނީ ދިރިއުޅުމަކީ އަނބިމީހާ ލޯބިކުރާ ކަމެކެވެ.

ކުދިން ލިބުމުން ޝަކުވާގެ ރާގު އިވެން ފަށައިފިއެވެ. ދަރި އުރަން ނުހުންނަ ވާހަކައާއި ބަލިވުމުން ކައިރީގައި ނުހުންނަ ވާހަކައެވެ. ދުރުގައި ވަޒީފާ އަދާކުރާއިރު ބޭނުން ކޮންމެ ގަޑިއެއްގައި ނުދެވޭނެކަންވެސް އެނގިހުރެމެއެވެ.

ދުވާލަކު ހައެއްކަ ފަހަރު އެ ވާހަކަތައް އަޑުއަހަމެވެ. ރުޅި އިސްކޮށްފައި ހުންނަ އެތައް މެސެޖުތަކެއް ކިޔަމެވެ. އަޅާ ނުލާތީއޭ ބުނެ ކުރާ ޝަކުވާތަކެވެ.

ރިޕްލައި ދޭނީ ކޮން އަތަކުންހެއްޔެވެ؟ އެއީ އަނބިމީހާއެވެ. އަހަރެންގެ ވަޒީފާއާއި ކުރާ ބުރަ މަސައްކަތް އޭނާއަށް އެނގުމެއް ނުވާނަމަ ދެން އެކަން ދަންނާނީ ކާކުހެއްޔެވެ؟

އަހަރެން ހާސްވެއެވެ. ދެރަވެސްވެއެވެ. އަނބިމީހާ ކައިރިއަށް ދާހިތްވެއެވެ. އެކަމަކު އެކަން އަނބިމީހާއަށް އިހްސާސެއް ނުވެއެވެ. ގުޅައިލިޔަސް ކިޔައިދެނީ ރަށުގައި ވަޒީފާ އަދާކުރާ މިވެނި މީހެއްގެ ވާހަކައެވެ. އެމީހުންގެ ދިރިއުޅުމުގެ ފުރިހަމަކަމާއި މި ދިރިއުޅުމުގެ އުނިކަމެވެ.

ކައިރިއަށްދިޔަ ނަމަވެސް ފެންނާނީ ޝަކުވާގެ ރުޅި މޫނެވެ. ހަރަދުބަރަދުގެ ވާހަކައިން ސިކުނޑި ހާސްކުރުވައެވެ. ހެދުން ފެހުމާއި މޮޅެތި ތަކެއްޗާއި ދަރިފުޅަށް ނުހޯދޭ ތަކެތީގެ ލިސްޓެވެ. ކޮށްދޭ ކަންތައްތަކާއި ހޯދާ އެއްޗެތީގެ ލިސްޓެއް ނުކިޔައެވެ.

ކަމެއް ނުކުރި ނަމަވެސް އަޅުވާ އިލްޒާމެވެ. ރަޙްމަތްތެރިއަކު ހިލޭ އަންހެނަކު ގެންގުޅެފިނަމަ އެކަމުގައި އަހަރެންވެސް ކުށްވެރިނުވާ ފަހަރެއް ނުދެއެވެ. އާއިލާ މީހުންނާއެކު ވަގުތެއް ހޭދަކުރިއަސް އަނބިމީހާ ބާކީވާ ކަމަށްވެއެވެ.

ގަޔަކު ލަކުނެއް ނެތެވެ. އެކަމަކު ނަފްސާނީ ގޮތުން ސިކުނޑި ސުމަކަށް ނުދާ ދުވަހެއް ނުދެއެވެ. ފިރިހެނުންނެއް ނުރޯނެއެވެ. އެންމެން ކައިރީ ކިޔަމަކުން ނުހިނގާނެއެވެ.

ބަލިވެއްޖެނަމަ ވެސް އަޅާލުމަށްވުރެ އިވޭނީ ނުކޮށްދެވި ހުރި ކަންކަމުގެ ވާހަކަ ދައްކާ އަޑެވެ. ރުޅިއައީމާ ވަކިވާނޭ ކަމަށް ބުނެ ދޭ އިންޒާރަކީވެސް އަބަދުމެ އަޑުއަހަންޖެހޭ ބަނދިވަރެކެވެ. އެއްވެސް ކަމެއް ނުކުރާށޭ ބުނެފި ނަމަ އާއިލާ އެންމެންނަށް އެ ވާހަކައެއް ކިޔައިދޭނެއެވެ.

ފިރިހެނެކެވެ. އެކަަމަކު އިންސާނެކެވެ. އިހްސާސްތަކެއް ލިބިގެންވީ ނަފްސެކެވެ. ކަރުނަ އަޅާ ނުރޯތީ އެތަން ނުފެނުނަސް އަނބިންގެ ބަހުރުވަޔާއި އަމަލުތަކުން ހިތްދަތިކަން ތަހައްމަލުކުރާ އެތައް ފިރިންނެއް މި މުޖްތަމައުގައިވެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
641
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *