Support Us

އަހަރެންގެ ރައިވަރު- 1

ރަށްނުގޮސް ގޭ ނުހުރެ ހުކު

ދަންނަ ނަމަ ފަސްނުޖެހި ދާތި

ކަންހުރި ހެއު ހޯދާތި

 

(ހުކުރަށް ނުގޮސް ގޭ ނުހުރެ

ދަންނަ ނަމަ ފަސްނުޖެހި ދާތި

ހުރި ހެއުކަން ހޯދާތި)

 

ފައިފޮރުވި ގުޅި ތެރޭ

ގައިވިޔަސް އޮތްކަމު ތެދޭ

ލައިފިނަމަ ރެނދު ބޭރުވޭ

ހައިހުރި ތަކެތި ފައުޅުވޭ

ބައިނަމަނު ކުނި ވަސްދުވާނެ

މައިގެ ވަހަށް އެނުވާނެ

 

(ފޮރުވިފައި ގުޅި ތެރޭ

އޮތްކަމުގައި ވިޔަސް ތެދޭ

ރެނދުލައިފިނަމަ ބޭރުވޭ

ހުރިހައި ތަކެތި ފައުޅުވޭ

ނުބައި ނަމަ ކުނިވަސް ދުވާނެ

ގޮމައިގެ ވަހަށް އެ ނުވާނެ)

 

ވާނޭނު ވެލިޖަމާ

ރާނަމަގި ތުނޑި ރަށެއްގާ

ޔާހަމަ ޚިލާފަށް ހިނގާ

ތާފިޠުރަ އިދި ކީލިވާ

ލާވަޅަށަމިފި ބައްލަވާށެ

ސާލުމި ކެންދު ރުދުވާށެ

 

(ވެލި ޖަމާ ނުވާނޭ

ރަށެެއްގާ ތުނޑި ގިރާނަމަ

ހިނގާ ހަމަޔާ ޚިލާފަށް

ފިޠުރަތާ އިދިކީލިވާ

މި ފިލާވަޅަށް ބައްލަވާށެ

މިސާލު ދެކެން ދުރުވާށެ)

 

ދީލިގެން ޖީލުދާ

ވީކުރާށޭ ބަލަ ނަޖާ

ތީޖާނަ ނެރެ ދެވޭހާ

ވީދިރާސާ އިންބަލާ

ބީނުވާގޮތް ހަދައި ދޭށެ

ޖީލު ނަޖާކޮށް ދޭށެ

 

(ދީލިގެންދާ ޖީލު

ވީ ބަލަ ނަޖާ ކުރާށޭ

ނަތީޖާ ނެރެ ދެެވޭހާ

ވީ ދިރާސާ އިން ބަލައި

ބީނުވާ ގޮތް ހަދައި ދޭށެ

ޖީލު ނަޖާކޮށް ދޭށެ)

 

ހިންގެދިވެ ޢަޒުމުގާ

ބިން މިދީބުޢު ކުރެ ދިފާ

އިންޗިއެއް އުނިކޮށް ނުލާ

މިންނަތާއެކު ގަދައަޅާ

ވިންދު ލޭ ޖާނު ދީގެންނެ

ޒިންމާ ފުއްއު ލައިގެންނެ

 

(ދިވެހިންގެ ޢަޒުމުގައި

މިދީބު ބިން ދިފާޢު ކުރެ

އިންޗިއެއް އުނިކޮށް ނުލައި

މިންނަތާއެކު ގަދައަލައި

ޖާނު، ލޭ، ވިންދު، ދީގެންނެ

ޒިންމާ އުފުއްލައިގެންނެ)

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *