Support Us

ހަނގުރާމަ ފެށުނު ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޕޫޓިން ޠަޖިކިސްތާނަށް

ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ރޫސީ ރައީސް ޕޫޓިން ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ޠަޖިކިސްތާނުގެ ވެރިރަށް ދޯޝަންބޭއަށް މިއަދު ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރޫސީ ރިޔާސީ ގަނޑުވަރުގެ ތަރްޖަމާނު ބިސްކޯވް ނޫސްވެރީންނާ ބައްދަލު ކުރައްވާ ހާމަކުރެއްވި ގޮތުގައި ރައީސް ޕޫޓިން މި ކުރައްވާ ދަތުރުފުޅަކީ ޢަމަލީ ޒިޔާރަތެކެވެ. ރައީސް ޕޫޓިން ޠަޖިކިސްތާނުގެ ރައީސް އިމާމު ޢަލީ ރަޙްމާނާ ބައްދަލުކުރައްވައި ތަފާތު މަސްއަލަތަކާމެދު ބަޙުސްކުރައްވާނެއެވެ. ދެ ރައީސުންގެ ބައްދަލު ކުރެއްވުން އޮންނާނީ އެކަހެރިކޮށްނެވެ.

މި ބައްދަލު ކުރެއްވުމަށް ފަހު ރައީސް ޕޫޓިން ދެން ވަޑައިގަންނަވާނީ ތުރްކުމާނިސްތާނަށެވެ. އެއީ ތުރްކުމާނިސްތާނުގެ ވެރިރަށް ޢިޝްޤު އާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެސްޕިއަން ކަނޑުގެ ޤައުމުތަކުގެ ސަމިޓްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައެވެ.

ރައީސް ޕޫޓިން އެންމެ ފަހުން ޤައުމުން ބޭރަށް ވަޑައިގަންނަވައިފައި ވަނީ މި ދިޔަ ފެބްރުވަރީ މަހުގެ ކުރީކޮޅުގައި ޗައިނާއަށެވެ. އެއީ ޗައިނާގައި ބޭއްވުނު އޮލިމްޕިކް ކުޅިވަރުތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ޓަކައެވެ. މި ދަތުރުފުޅުގައި ރައީސް ޕުޓިނާއި ރައީސް ޝިންގެ ސަމިޓް ބައްދަލުވުމެއް ވެސް ބޭއްވުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *