ހެޔޮ ޢަމަލު އިސްކޮށް ތެދު މަގުން ކުރިޔަށް ހިނގާށޭ ދަރިފުޅާ!
ވެޔޮތަކުގެ މޭވާ ޖަންނަތުން ބިންނަން ލިބޭނޭ ދަރިފުޅާ
ޢަރުޝީގެ ހިޔަލުން ފިނިކަމެއް ލިބުމަށް އެދޭނަމަ ދަރިފުޅާ
މަރުވާނެކަން ދަނެ ގެން އުޅޭށޭ ބިންމަތީގައި ދަރިފުޅާ
ފަސްވަގުތު ނާޅާ ފަސްނަމާދު ވަގުތުން ކުރާށޭ ދަރިފުޅާ
ދަސްކޮށް ހިތުން ޤުރުއާން ކަރީމް ކިޔަވަން ފަށާށޭ ދަރިފުޅާ
ދެއިރުގެ ޒިކުރުތައް ކިޔެވުމާ ސަލަވާތް ފުޅާ އެކު ދަރިފުޅާ
ދެއިރަށް ފޮޅޭ މާތައް އަތުން ބިނދެލަން ލިބޭނޭ ދަރިފުޅާ
ކައުސަރުގެ އާރުން މީރުފެން ބުއިމަށް އަދައިގެން ދަރިފުޅާ
ކައު ސާހިބާ އަރިހުން ޝަފާޢަތް ދެއްވެވުން އެދިދަރިފުޅާ
މާތްވީ ސިރާޠަލް މުސްތަޤީމް އަމާން ކުރައްވައި ދަރިފުޅާ
މާތް ގަނޑުވަރެއް ފިރުދައުސް އިން ދެއްވާށި މަންމަގެ ދަރިފުޅާ