ރާގު: ދާންވީހެ ވަކިވެގެން ހިތާމައިން…..
މާޒީވި ވަޤުތުތައް ޙަޤީޤަތަށް ވެގެންދިޔާ
ގާޒީގެ ޢަޤްދަކުން ބަޔާންވެގެން އެކަން ދިޔާ
ރޭދުވާ މަލާމެލިން ފޮޅުވި ނަޔާ ބަހާރުގައި
ނޭދުނަސްމެ ދުޝްމިނުން އުފާތަކޭ ވެގެންދިޔާ
ދާއިމީ ޙަޔާތަކަށް އަމާޒުކޮށް ވި ވަޢުދުތައް
ދާއިރާ ތެރޭން ރިވެތި އިމުންމެޔޭ ހިނގައިދިޔާ
މާބުރާ ކޮކާތަކާ އުފާކުރާ މިގުލްޝަނުން
އާބުރެއް އަޅައި އުފާ ކުރާ ހިތޭ އެ ނެތިދިޔާ
ތަރިތަކާ އިރާހަނދާ އިރާދައިން ހިނގާގޮތަށް
ފަރިވެގެންވި މާތަކަށް ފޮޅުން އޮތީ އެހެން ނިޔާ
ކައުނުގައި އެހެރަ ނަޔާ ގުރަހަހިނގާ ޙުކުމްފުޅުން
ދައުރުވާ ލެއިން ނަސަބު ފެށުން އޮތީ ފުޅުން ނިޔާ
ދުޢާއަކީ ޢަރޫޝުނަށް ޙަޔާތުގައި އެކީ ވުމޭ
މުޢާހަދާ އުވައި ނުލައި ޢަޤްދުމަތީ ވެގެންގަޔާ
