ތުނޑުން ގަލަމުގެ އޮހޭ ފޮނިފޮނި ޝުޢޫރޭ ސިފަވަމުން މިދަނީ
އުޑުން ތަރިތައް ބިމަށް ބާލާ ޚިޔާލީ ދުނިޔެއަށް މިދަނީ
ދެމޭ އޮއި ރީތި ކޯރުތަކާ އޮހޭ ފެން އާރުތައް ފެނުމުން
ފުމޭ މަސްތައް ޖަވާހިރު ހެން ހިތަށް ސިފަކޮށްދެމުން މިދަނީ
ވެރިން ޅެން ފޮޅުވަތެއް ލިއުނަސް މަލާ މެލި ފަރިވަމުންނެ ދަނީ
ތިރިން ހުދު ރީތި ރިހި ތުނޑިތައް ވިދާތީ ފެންނަމުން މިދަނީ
އޮހޭ ޝަބްނަމްގެ ތިކިތައް މާތަކުގެ ފިޔަތައް މަތީ ވިދަނީ
ސޮހޭ ފެން ތިކިތަކުން ރިހި ދޯދިތައް ސިފަ ކޮށް ދެމުން މިދަނީ
ވަޔާއެކުގައި ހެލޭ އޮފިތައް ފަޒާގައި ރީޠި ރާގު ތަކުން
ހަޔާތުގެ ރީތި ސަފްހާތައް ބަޔާން ކުރަމުން މިއަދު މިދަނީ
ހަނދާ ހަނދުވަރުގެ ރިހި ދޯދިން ދުނިޔެ ޒީނަތް ވެފައި މިވަނީ
ހަނދާނުގެ ރީތި ކުރެހުންތައް ހިތަށްސިފަ ކޮށް ދެމުންމި ދަނީ