Support Us

ނަބިއްޔާއަށް ފުރައްސާރަކުރި ފާދިރީ

އެއް ފަހަރެއްގައި ބަޙްރައިންގެ ޒުވާންފުރައިގެ ކުޑަފިރިހެން ކުދިން ތަކެއް ބޯޅައަކާއި ދަނޑިބުރި ތަކެއް ހިފައިގެން (ހޮކީ ޒާތުގެ ކުޅިވަރެއް) ކުޅުމަށް މަގުމައްޗަށް ނިކުތެވެ. އެކުދިންތައް ކުޅެން އުޅުމުގެ ތެރޭގައި، އެތާ ކައިރިން ހިނގައިފައިދިޔަ ކްރިސްޓިއަން ދީނުގެ ފާދިރީއެއްގެ މޭމަތީގައި ބޯޅައިން ޖެހުނެވެ. އެކަމާ މި ފާދިރީ ވަރަށް ރުޅިއައެވެ. އަދި ބޯޅަ ނެގުމަށްފަހު އަނބުރައި އެކުދިންނަށް ދިނުމަށް ދެކޮޅުހެދިއެވެ. ބޯޅަ ރައްދުކޮށްދިނުމަށް ފާދިރީ ގާތު އެކުދިން ތަކުރާރުކޮށް އެދުމުންވެސް އޭނާ އެކަމާ ގަދަޔަށް ދެކޮޅުހެދިއެވެ. އެ ހިނދު އެތަނުން އެއް ކުއްޖަކު ފާދިރީ ގާތުގައި ބުންޏެވެ. "މުހައްމަދު ރަސޫލުﷲ ﷺގެ ހައްޤުގައި، ތިބޯޅަ އަހަރުމެންނަށް ރައްދު ކޮށްދިނުމަށް އަހުރެން، ތިބާގާތު އެދެމެވެ."

އެހެނަސް ފާދިރީ އެކަމާ ދެކޮޅު ހެދިއެވެ. އަދި މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ﷺ އަށް ފުރައްސާރަކޮށް ހުތުރު އެއްޗެހި ގޮވަންފެށިއެވެ. ދެންފަހެ މި ފާދިރީ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ﷺ އަށް ފުރައްސާރަކޮށް ހުތުރު އެއްޗެހި ގޮވި އަޑު މި ކުދިންނަށް ހަމަ އިވުމާއެކު، ސިންގާތަކެއް ފަދައިން ވަގުތުން އޭނާއާ ކުރިމަތިލިއެވެ. އަދި އެ ކުދިން ކުޅެން ގެންގުޅުނު ދަނޑިބުރިތަކުން އޭނާ މަރުވަންދެން ހަމަލާދީ އޭނާގެ ކަންތައް ނިންމާލިއެވެ. މާތް ﷲ އެ ފާދިރީއަށް ލަޢުނަތް ލައްވާށިއެވެ.

ކޮންމެއަކަސް މި ހާދިސާގެ ޚަބަރު އުމަރުގެފާނަށް ދެންނެވުނެވެ. އަދި މި ހާދިސާ ކިޔައިދިން މީހާ ވިދާޅުވިއެވެ. "މާތް ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. މި ހާދިސާގެ ވާހަކަ އުމަރުގެފާނަށް އަޑުއިވިވަޑައިގަތުމުން، ތަނެއް ފަތަހަ ކުރައްވައިގެން ވާ އުފަލަށް ވުރެވެސް ބޮޑަށް، ދެގުނަ އުފާ އެކަލޭގަފާނު ވިއެވެ. އަދި ވިދާޅުވިއެވެ. "މިހާރު މިއޮތީ އިސްލާމްދީނުގެ މަތިވެރިކަން ފެންނާށެވެ. އަހަރުމެންގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ﷺ އަށް ފުރައްސާރަކޮށް ހަޑިހުތުރު އެއްޗެހި ގޮވާތަން ކުޑަކުދިންތަކަށް ފެނުމުން އެކުދިންވެސް އެކަމާ ރުޅިއަރައި މާތް ނަބިއްޔާގެ ދިފާއުގައި ނިކުތީއެވެ."

މަސްދަރު: الزمخشري ލިޔުއްވާފައިވާ ربيع الأبرار

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *