Support Us

ކޮލަމް ކޯދު: ހަދީސެއްގެ ވާހަކަ

ހަދީސެއްގައި އައިސްފައި އޮވެއެވެ. يأتي زمان على أمتى القابض على دينه كالقابض على جمرة من النار "އެ ދުވަސްވަރެއްގައި، އޭނާގެ ދީނުގައި ހިފަހައްޓައިގެން ހުރުމަކީ އަނގުރު އަލިފާންގަނޑެއް އަތަށް ލައިގެން ހުރުން ކަހަލަ ދުވަސްވަރެއް ތިމަން ރަސޫލާގެ އުއްމަތުގެ މައްޗަށް އަންނާނެއެވެ."

މިސްކިތާ ގާތްވުމާއި ނަމާދުކުރުމަކީ 'ދީނީ ހަރުކަށި ފިކުރާ' ދިމާއަށް މީހުން ގެންދާ ކަމެއް ކަމަށް، ކޮންމެވެސް ގޮތަކުން ނަމަވެސް މާނަ ކުރެވެން ފަށައިފި ނަމަ، މިއޮތީ އެ ދުވަސްވަރު އައިސްފަޔޭ ބުނެވިދާނެ ކަންނޭނގެއެވެ! ދީނުގެ ޖަައުހަރީ އަޅުކަމަކީ ނުބައި ކަންކަމަށް މަގުފަހިކޮށްދޭ ކަމެކޭ ބުނެވޭ ގޮތްވެ، އާޚިރުގައި، ނަމާދުކުރުމާ ފެއަށް ޖެހި، ނަމާދުކުރާ ބައަކީ ނުރައްކާތެރި ބައެއް ކަމުގައި ހަދާލެވުމުން، ނަމާދުކޮށް ދީނުގައި ހިފަހައްޓައިގެން އުޅުން އޮންނާނީ އަނގުރު އަލިފާންގަނޑެއް އަތަށް ލައިގެން އުޅުން ކަހަލަ ކަމަކަށްވެފައެވެ!

މިފަދަ ދަނޑިވަޅެއްގައި ބުނެވެން އޮތީ ހަމައެކަނި މިހެންނެވެ. اللهم احفظنا وثبت قلوبنا على دينك، "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެން ރައްކާތެރިކުރައްވައި އިބަރަސްކަލާނގެ ދީން މަތީ އަޅަމެންގެ ހިތްތައް ސާބިތުކޮށްދެއްވާފާނދޭވެ!"

(ތަރުޖަމާއަކާއި އިތުރުކޮށްލުމެއް)