كِتَابُ اللهِ އާ މެދުގައި ޖެހޭނޭ އެންމެ ބިރުވެތިވާން
خِطَابُ ކުރެއްވި ކީރިތި އާޔަތާ މެދުގައި ފިކުރު ހިންގާން
އެފޮތް تَنْظِيْمُ ކޮށް ދެއްވައި نُزُوْلُ ކުރެއްވެވީ اللهُ
އެފޮތުގައި މާނަ އޮޅުމެއް ނެތް ޖެހޭ އެކަމަށްމެ އީމާންވާން
އެފޮތު تَأْوِيْلُ أُمُّ الْكِتَابِ وَ مُحْكَمَاتُ ގެބައި
ފޮތުން مُتَشَابِهِ އާޔަތް ތަކާމެދު ވާނެޔޭ ވިސްނާން
މިސާލެއް ނެތްކަމެއް ނެތްކަން، ބަޔާންވެ އެނގޭ ފޮތުން ޤުރްއާން
އިޝާރާތްދެއްވި އަޞްލާމެދު ފިކުރު ރަނގަޅަށް ޖެހޭނެކުރާން
ޔަޤީންކުރެވޭ ސައިންސަށްވެސް ޚިލާފެއް ނެތްކަމަށް ހެކިދޭ
ޙަޤީޤަތްކަން ދެނީއަންގައި އިލާހީ ޢިލްމުގައި ޤުރްއާން
މަޢުނަ އައުމުގެ ކުރީގައިދޮގު ކުރާމީހާ ވެޔޭ ކާފިރު
އައުން ގާތޭ ޢަޛާބެއް ބޮޑު، އެ ޢަމަލާ ވާނެޔޭ ދުރުވާން