Support Us

ހަތަރު އަނބިންނޭ؟

"ސުންނަތުގައި އެބަ އޮތް ހަތަރު އަނބިންގެ ވާހަކަ. ނަބިއްޔާވެސް މިސާލުދެއްކެވި. ދެން އެކަމާ އިދިކޮޅުވަނީ ކީއްވެ؟!!!!" މީ އެންމެ ގިނައިން އައި ސުވާލެވެ. ބުނެދެމެވެ. ސުންނަތާ ދެކޮޅު ހަދަނީއެއް ނޫނެވެ. ދެކޮޅެއް ނުވެސް ހެދޭނެއެވެ.

ފުރަތަމަ ކިޔާލާށެވެ. ތިމާއަށް، ތިމާގެ އަނބިމީހާގެ ހައްގުތައް ފުރިހަމައަށް އަދާ ކުރެވުނު ހެއްޔެވެ؟ ކޮފީ މޭޒު ދޮށުގަޔާއި ކުޅިވަރާއި ރަޙްމަތްތެރިންނަށް ވަގުތު ދީފައި އަނބިންނާއި ދަރިންނަށް ދެވުނު ވަގުތު ޗެކްކޮށްލަބަލާށެވެ. ނިދާ ވަގުތު ފިޔަވައި ހަފްތާއަކަށް ހަ ގަޑިއިރުވެސް ހަމަވޭހެއްޔެވެ؟ ދުރުގައި ވަޒީފާ އަދާކުރާތީއޭ ކިޔައިފައި އަނބިމީހާއަށް ބޭވަފާތެރިވެ، ހިލޭ އަންހެނުންނާ ޗެޓްކޮށް ފޮޓޯ ފޮނުވައި، ވީޑިއޯކޯލް ކުރުމުގައި ކިހާ ވަގުތެއް ހޭދަކުރިންހެއްޔެވެ؟ އަނބިމީހާ ދިރިއުޅޭނެ ތަނަކާއި އެތިބަ ތުއްތު ކުދިންނަށް ބަފައެއްގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި ލޯތްބާއި އެއްބާރުލުން ދެވުނުހެއްޔެވެ؟ ދީނުގެ ވާޖިބުތައް އަދާ ކުރެވޭހެއްޔެވެ؟ އަނބިދަރިންނަށް ނަމާދުކުރަން ގުޅާލިންހެއްޔެވެ؟

ކާންބޯންދިނުމުން ހަތަރު އަނބިން ހުއްދަވާނަމަ ތިޔަ ތިބީ ކުފޫ ހަމަވެފައެވެ. ހަމަ އެހެންމެ ދެވަނަ އަނބި ހޯދަން ހިލޭ އަންހެނަކާއެކު ހަރާމް ގުޅުމެއް ހިންގައި އަނބިމީހާ އަށް ބޭވަފާތެރިވާން ދަރިންނަށް ހަރަދު ނުކުރަން ސުންނަތުގައި އައިސްފައިވޭހެއްޔެވެ؟

އިނގިލިކުރިން ބޮލުގެ ނިތާ ހަމައަށް ބޭންކްގައި ދަރަނި އޮވެ އަނގަޔާއި އަތާ ދިމާނުވާ ހާލަތުވެސް ސުންނަތުގައިވާ ދެ އަނބިން ހޯދަން ޝަރުތު ހަމައަވެއޭ ނުކިޔާ ވާކަށްނެތެވެ.

ހުކުރަށް ފިޔަވައި މިސްކިތެއް ނުފެނެއެވެ. ސުންނަތް ރޯދައެއް، ޤުރުޢާނުން އަކުރެއް ކިޔެވި ހަނދާނެއްނެތެވެ. އަނބިދަރިން ބެލެހެއްޓުމުގެ ގާބިލް ކަމެއް ނެތްތާ ލިބިފައިވާ އަނބިދަރިންވެސް ބަލަނީއެއް ނޫނެވެ.

އަޑަށްބާރުލާފައި ބުނަމެވެ. އަނބިންނާއި ދަރިންގެ ހައްގުތައް އަދާނުކުރެވޭ، އަދި މާލީގޮތުން ތަނަވަސްކަމެއް ނެތް މީހަކު ދެއަނބި ހޯދަން ޝަރުތު ހަމައެއް ނުވެެއެވެ. ސުންނަތުގައި އޮތީ އެންމެ ފޮޅުވަތެއް ނޫނެވެ. އެހެން ބައިބައިވެސް ކިޔާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
412
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ތިމާގެ މައްޗަށް ފަރުޟު ކުރެވިފައިވާ ކަންތައް ބަރާބަރަށް އަދާނުކޮށް ސުންނަތޭ ކިޔައިގެން އަންހެނުން ފަހަތުން ދުވާމީހުން މިހާރު ވަރަށްގިނަ.

  2. ހަމަ މިގޮތަށް އަނބިންގެ ވާޖިބާއި މިހާރު ކަނބަލުންގެ ކަންތައްތައް ހުންނަ ގޮތުގެ ވާހަކަ ވެސް ލިޔެލުން ވ މުހިންމު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *