Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ޖޫން މަހުގެ މާހަނދު ބަލައިލަން ބޭނުންތަ؟

މާދަމާ، ޖޫން 14 ވަނަ އަންގާރަ ދުވަހުގެ ރެއާއި 15 ވާ ބުދަ ދުވަހަކީ، މި އަހަރު ފެންނަ މާހަނދުތަކުގެ ތެރެއިން އެންމެ ބިޔަ ސައިޒުގައި މާހަނދު ރާއްޖެއަށް ފެންނާނެ ދެ ރެއެވެ.

މާދަމާ މާލޭގަޑިން 16:51 ގައި ފުރަހަޅައިގައިގެ 2 ދަރަޖައަށް ހަނދު ވަންނަ ވަޤުތަކީ މިމަހު ހަނދުގެ އަލިކަން ފުރިހަމަވާ ވަޤުތުކަމުގައި ވެފައި، ހަނދުގެ ބިޔަމިނަކީ 16.7 ސެމީޑައިމީޓަރ ކަމަށްވެސް ވެފައި، މާލެއަށް އެ ދުވަހު ހަނދު އުދަވަނީ ހަނދުގެ އަލިކަން ފުރިހަމަވި ވަގުތުގުތުގެ 1 ގަޑި 27 މިނެޓް ކައިރި ވަގުތެއް ކަމުގައިވާ 18:18 ގައިކަމުން، ހަނދު ހުންނާނީ އެންމެ ފުރިހަމަ މާހަނދެއްގެ ފުރިހަމަކަންމަތީގައެވެ.

ދުނިޔެއާ 357،659 ކިލޯމީޓަރ ކައިރީގައި ހަނދު ހުރުމުގެ ސަބަބުން ހަނދުގެ އަލިކަން އެވަގުތު ހުންނާނީ %29.5 ގައެވެ. އެއީ ޢާންމުކޮށް ހަނދުގައި އަލިކަން ހުންނަ މިންވަރަށް ވުރެން %14.75 އަލިކަން އިތުރު މިންވަރެކެވެ.

އަދި މާދަމާ ރޭ ހަނދު ހުންނާނީ 26 ދަރަޖަ 30 ދަގީގު ދެކުނުން ކަމަށްވެފައި 15 ވަނަ ދުވަހުގެރޭ 26 ދަރަޖަ 50 ދަގީގު ދެކުނުން ހަނދު ހިނގާތީ 15 ވަނަ ދުވަހުގެ ރެއަށްވުރެ 14 ވަނަ ދުވަހުގެ ރޭ ހަނދުގެ އަލިކަމާއި ސައިޒުގެ ފުރިހަމަކަން ރާއްޖެއަށް ފެންނަ ފެނުން ފުރިހަމަވާނެއެވެ.

މިއަހަރުގެ ޖުލައި މަހުގެ ފުލްމޫން ދުވަސްވަރު ވިދިވިދިގެން ތިން ރޭ މާހަނދު ފެންނާނެއެވެ. އެކަމަކު ފުނޯސްނަކަތާ ދިމާވާތީ ވިއްސާރައިގެ ސަބަބުން އެއިން ރެއެއްގައި މާހަނދު ބަލައިލުމުގެ ފުރުޞަތު ވަރަށް ހަނިވާނެއެވެ.