Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ޚަލީފާއިންގެ ނަޒާހަތްތެރިކަން

މާތްﷲ ރުއްސުންލެއްވި އުމަރުގެފާނު، އެއްދުވަހު، ފޮއްޓެއް ހިއްޕަވައިގެން މިސްކިތުގެ މިންބަރަށް އަރައިވަޑައިގަތެވެ. އަދި، މީހުންނާ މުޚާތަބުކޮށް ވިދާޅުވިއެވެ. ތިމަން ކަލޭގެފާނުންގެ އަނބިކަނބަލުން އުއްމު ކުލްޘޫމު، ރޫމީންގެ ރަސްގެފާނުގެ އަނބިކަނބަލުންނަށް ހަދިޔާއެއް ފޮނުއްވިއެވެ. އޭގައި އެކުލެވިގެން ވަނީ ކަދުރާއި ހީނާއާއި އަދި މީރުވަސްދުވާ އެއްޗިއްސެވެ. ދެން، ރޫމީންގެ ރާނީ، އުއްމު ކުލްޘޫމަށް މި ފޮށި ހަދިޔާއަކަށް ފޮނުއްވިއެވެ.

އެހެން ވިދާޅުވެ، އުމަރުގެފާނު އެ ފޮށި ހުޅުވާލެއްވިއެވެ. އެ ފޮށީގައި ހުރީ އަގު ބޮޑު ޖަވާހިރުތަކެވެ. ދެން، އުމަރުގެފާނު މީސްތަކުން ކުރެން އެއްސެވިއެވެ. މި ޖަވާހިރުތައް އަހުރެންގެ އަނބިކަމަނާއަށް ހައްގުވާނެ ހެއްޔެވެ؟

ދެން، މީސްތަކުން ދެންނެވިއެވެ. "އާދޭހެވެ! ތިޔައީ ހަދިޔާއެއްގެ ބަދަލުގައި ފޮނުވުނު ހަދިޔާއެއް ނޫންތޯއެވެ؟"

އެވަގުތު، އެތާނގައި މާތްﷲ ރުއްސުންލެއްވި އަލީގެފާނު އިންނެވިއެވެ. އަލީގެފާނު އުމަރުގެފާނާ މުޚާތަބުކޮށް ވިދާޅުވިއެވެ. "ނޫނެކެވެ. ކަލޭގެފާނުންގެ އަނބިކަނބަލުންނަށް ތިޔަ ހަދިޔާ ހައްގެއް ނުވާނެއެވެ. އެކަމަނާއަށް ތިޔަ ހަދިޔާ ފޮނުވުނީ އެކަމަނާއީ ޚަލީފާގެ އަނބިކަނބަލުންނަށް ވީތީއެވެ. އެއީ އާދައިގެ އަންހެނެއް ނަމަ، ތިޔަ ކަހަލަ ހަދިޔާއެއް ނުފޮނުއްވީހެވެ."

ދެން، އުމަރުގެފާނު އަލީގެފާނަށް ދެންނެވިއެވެ. "އެހެންވެއްޖިއްޔާ އަޅުގަނޑު ކަންތައް ކުރާނީ ކިހިނެއްތޯއެވެ؟"

ޖަވާބުގައި ވިދާޅުވިއެވެ. "އަނބިކަނބަލުން ފޮނުއްވި ހަދިޔާއަށްވާ އަގު ތިއިން ކަނޑުއްވާފައި، ދެން ބާކީ ހުރި އެއްޗެއް ބައިތުލްމާލަށް ލައްވާށެވެ!"

އެ ހިނދު، އުމަރުގެފާނު ވިދާޅުވިއެވެ. "އަލީގެފާނު ނެތް ނަމަ އުމަރުގެފާނު ހަލާކުވެވަޑައިގަތީހެވެ!"

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ހާދަ ގިނަ ބޮޑުން އެމީހުންގެ އަނބިންނަށް ލިބުނު ހަދިޔާތަކުގެ ސަބަބުން ހަލާކުވެފަ ތިބޭނެތާ ދޯ މިހާރު..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *