Support Us

ކޮލަމް ކޯދު: ހަލާކުކުރުމާއި ބިނާކުރުން

ތަނެއް ހަލާކުކުރުމަކީ ނިސްބަތުން ފަސޭހަ ކަމެކެވެ. ބާވެފައިވާ އިމާރާތެއް ވައްޓާލެވިދާނެއެވެ. އެކަމަށް މާ ގިނަ އެއްޗިއްސެއް ބޭނުމެއް ނުވާނެއެވެ. ދެތިން މީހުންނާއި ދެތިން ދަނގަޑުބުރިން އެކަން ކުރެވިދާނެއެވެ. ނޫން ނަމަ މެޝިނެއް ބޭނުންކޮށްގެން ވެސް އެކަން ކުރެވިދާނެއެވެ. ތަނެއް ހަލާކުކޮށްލާކަށް ސަލާމަތް ބުއްދިވެސް ބޭނުމެއްނުވެއެވެ. މޮޔައަކަށް ވެސް ތަނެއް ހަލާކުކޮށްލެވިދާނެއެވެ. ނަމަވެސް އާ އިމާރާތެއް ބިނާކުރަން ބޭނުންވެއްޖެ ނަމަ، ވިސްނުން ބޭނުންވެއެވެ. ޕުލޭނު ކުރަން ޖެހެއެވެ. ކުރަހަން ޖެހެއެވެ. އިމާރާތްކުރަން ބޭނުންވާ ސާމާނު ހޯދަންޖެހެއެވެ. އެކި ފާޑުގެ މަސައްކަތްތެރިން ބޭނުންވެއެވެ. އަދި ވަގުތުވެސް ބޭނުންވެއެވެ.

ހަމަ އެހެންމެ، ސަރުކާރެއް ވެސް ވައްޓާލެވިދާނެއެވެ. އަދި އޭގެ ބަދަލުގައި އާ ސަރުކާރެއް ގާއިމުވެސް ކުރެވިދާނެއެވެ. ނަމަވެސް، ސަރުކާރެއް ވައްޓާލުމަކުން ނުވަތަ އާ ސަރުކާރެއް ގާއިމުކުރެވުމަކުން ގައުމު ބިނާކުރެވުނީ ކަމުގައި ނުބެލެވޭނެއެވެ. އެކަން ކުރުމަށް ސަލާމަތް ބުއްދި ބޭނުން ވެއެވެ. ވިސްނުމާއި ފިކުރުކުރުން ބޭނުންވެއެވެ. ތެދުވެރިކަމާއި އިޚުލާސްތެރިކަން ބޭނުންވެއެވެ. ވަފާތެރިކަމާއި ވަލާއު ބޭނުންވެއެވެ. މިއިން ސިފައަކީ ސަރުކާރެއް ވައްޓާލަން ބޭނުންވާ ސިފައެއް ނޫނެވެ. އަމިއްލަ ފައިދާއަށްޓަކައި ބަޣާވާތެއްކޮށް ސަރުކާރެއް ވައްޓާލައި އެހެން ސަރުކާރެއް ގާއިމުކުރެވިދާނެއެވެ. މިކަން ކުރުމުގެ ކުޅަދާނަކަން ލިބިފައިވުމަކީ ގައުމެއް ބިނާކުރުމުގެ ގާބިލުކަން ލިބިފައިވުމެއް ނޫނެވެ. ހަލާކުކުރުމާއި ބިނާކުރުމަކީ ދެކަމަކަށް ވީމައެވެ. އަދި މި ދެކަމަށް ބޭނުންވަނީ ދެ ވައްތަރެއްގެ ގާބިލުކަމަކަށްވީމައި ވެސް މެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *