...

Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ފަލަކީ ބައެއް ނަންތައް

ފަލަކަކީ، ކައުނުގައި އެއްޗެއްގެ ވަށައިގެން އެއްޗެއް އިޢާދަ ވާގޮތުގައި ހިނގަހިނާ ހުންނަ ޚިޔާލީ މަގެވެ. ނުވަތަ ރޮނގެވެ. އިނގިރޭސި ބަހުން "އޯބިޓް"ގެ ނަމުން ކިޔާއިރު، ދިވެހިބަހާއި ޢަރަބި ބަހުގައި ކިޔާ ނަމަކީ ފަލަކެވެ. ކޮންމެ ފަލަކަކީ، 360 ދަރަޖަ (ޑިގްރީ)ގެ މައްޗަށް ބިނާވެގެންވާ ދާއިރާ އެކެވެ. (ދާއިރާއަކީ މި އިޞްތިލާޙުގައި ވަށް ބުރެކެވެ.)

ފަލަކީ އިޞްޠިލާޙުގައި ކޮންމެ ދާއިރާއެއް (ފަލަކެއް/ އޯބިޓެެއް) ބެހިގެންވަނީ 12 ރާހި (ބުރުޖު/ ސައިން)ގެ މައްޗަށެވެ. ކޮންމެ ރާއްސަކީ 360 ދަރަޖައިގެ ބާރަ ބައިކުޅަ އެއްބައިގައި ހިމެނޭ ދަރަޖަ ތަކުގެ ނަންތަކެވެ. އަދ 360 ދަރަޖައިގެ 12 ބައިކުޅަ 1 ބައިގެ ބައެއްގެ ދަރަޖައިގެ ޢަދަދަކީ 30 އެވެ. އަދި ނަކަތެކޭ (ނުވަތަ މަންޒިލެކޭ) ކިޔަނީ 360 ދަރަޖައިގެ 28 ބައިކުޅަ އެއްބަޔަށެވެ. ނަކަތަކީ 360 ދަރަކައިގެ ކޮންމެ 12.857 ދަރަޖައިގެ މިންވަރަށް ކިޔާ ނަމެވެ.

މިފަހަކަށް އައިސް "އަވިހި" ނަކަތް ނުހިމަނައި 27 ނަކަތުގެ މައްޗަށް މިޞްރާބުތައް ބައިކޮށްގެން ހިމަނާތީ މިހާރު ނަކަތެއްގެ މިންވަރަކީ 13.33 ދަރަޖަ ކަމުގައި ބައެއް މީހުން ބަލައި އުޅެއެވެ. އެކަމަކު އެއީ، ކަމުގެ ޞައްޙަ ގޮތެއް ނޫނެވެ. ރާއްޖޭގައި ވެސް ފަހަކަށް އައިސް ބަލަނީ 27 ނަކަތުގެ މިންވަރަށެވެ. ނަކަތަކީ، ތަރިއާއި އެހެން ވެސް އުޑުގައި ސާބިތުވެ ހުންނަ ތަކެއްޗަށް ކިޔާ ނަންނަމެއް ނޫނެވެ.

ނަކަތަކީ، އެއްޗެއްގެ ނިސްބަތުން އެ އެއްޗެއްގެ ވަށައިގެންވާ ދިމަދިމާޔަށް ކިޔާ ނަންތަކެކެވެ. ދުނިޔޭގެ ނިސްބަތުން ކައުނުގެ ދިމާތަކާ ދިމާވާ ތަންތާނގައި ސާބިތުވެ ހުންނަ ތަރީގެ ނަމުން އެ ދިމާއެއްގެ ނަން ކިޔަނީ، އެ ދިމާއަކީ ތަރިއަކަށް ވާތީއެއް ނޫނެވެ. އަދި އެ ދިމާގައި ކޮންމެހެން އެ ތަރިއެއް ހުންނާތީއެއް ވެސް ނޫނެވެ.

މިސާލަކަށް މާލޭގައި ހުރެފައި، ސަމުގާގެ މިސްރާބުގެ "ގަހާ" ވީ ދިމާޔަށް، ބަނޑޮހާ ދިމާއޭ ބުނަނީ މާލޭގައި ހުންނަ ނަމަ، ގަހާވީ ދިމާގައި ބަނޑޮސް އޮންނާތީއެވެ. އެކަމަކު ހުޅުމާލެއަށް ނުވަތަ ވިލިނގިއްޔަށް ނަމަ، އެ ދެރަށުގެ ގަހާވަޅުގައި އޮންނާނީ ބަނޑޮހެއް ނޫނެވެ.

އެހެންކަމުން، ތަނެއް އޮންނަ ތަނުގެ ސަބަބަކުން، އެ ތަނެއްގެ ވަށައިގެންވާ މިޞްރާބުތައް ވީ ދިމާތަކަށް ބަދަލެއް ނާންނަ ނަމަވެސް، އެތަނެއް އޮންނަ ތަނުގެ ސަބަބުން، އެތަނެއްގެ ވަށައިގެންވާ މިޞްރާބުތަކާ ދިމާވާ ތަންތަން ބަދަލު ވާނެއެވެ.

އެއިން ވެސް އެނގެނީ، ރާއްސާއި ނަކަތަކީ ވެސް، ފަލަކީ އިޞްޠިލާޙު ތަކުގައި މިޞްރާބު ތަކުގެ ނަންތަކެއްކަމާއި އެ ނަންތަކަކީ، ތަރިތަކަށް ކިޔާ ނަންތަކެއް ނޫންކަމެވެ.

ދުނިޔެ އާއި ޒުޙަލާ ދެމެދުގެ ދުރުމިން ބައެއް ދުވަސްވަރަށް 930 މިލިޔަން މޭލުގެ ދުރުމިން ހުރެއެވެ. އެހެންކަމުން އެ ދުރުމިން ހުންނަ ދުވަސްވަރެއްގައި ދުނިޔޭގެ ވަށައިގެންވާ މިޞްރާބު ތަކުން އެ މިސްރާބަކާ ދިމާވާ ތަންތަނާއި، ޒުޙަލުގެ އެ މިޞްރާބުތަކަށް ދިމާވާ ތަންތަން، އެއްތަނަކަށް ނުވާނެއެވެ.

އެހެނީ، މާލޭގެ "ގަހާ" ވަޅު ވީ މިޞްރާބާ "ބަނޑޮސް" ދިމާވިޔަސް، މާތްވެގެންވާ މައްކާގައި ހުންނަ މާތްވެގެންވާ ކައުބާގެ "ގަހާ" ވަޅަށް މާލެއަތޮޅު "ބަނޑޮސް" ދިމާ ނުވާނެކަން އެއްވެސް ޝައްކެއް ނެތި ޤަބޫލު ކުރާން ޖެހެއެވެ.

އިހުގެ ނަކަތްތެރީން ފަރުމާކޮށްފައިވާ މިޞްރާބު ވަރަށް ޞައްހަ ފަލަކީ ދައުރެއް

ތިރީގައި މި ވަނީ، ކިޔަވާ ކުދީންކުރެ ބައެއް ކުދީން ރާހިތަކުގެ ނަންތަކުގެ ޝަރަޙަ ބޭނުންވެގެން ކުރާ ސުވާލުތައް ކުރިމަތިވާތީ އެފަދަ ކުދީންނަށް އެކަން ދެނެގަނެވޭނެ މަގު ތަނަވަސް ކުރުމަށްޓަކައި، ރާހިތަކަށް ޢަރަބި ބަހުންނާއި އިނގިރޭސި ބަހުން ބޭނުންކުރާ ޢާންމު ނަންތަކެވެ.       

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.