...

Support Us

ކޮލަމް ކޯދު: އެތަން މިތަނުން ފެންނަ މަންޒަރުތަކުގެ ތެރެއިން

  1. ޒުވާނަކު ދުއްވާފައި ދިޔަ ބައިސްކަލުން، ދުވަސްވީ މީހެއް ގައިގައި ޖެހުނެވެ. ނަމަވެސް، އަޅާނުލައި ޒުވާނާ ދިޔައެވެ. ދެން، ދުވަސްވީ މީހާ ގޮވާލާފައި ބުންޏެވެ. "ކޮއްކޯއެވެ. ކޮއްކޮ އަތުން މިތަނަށް އެއްޗެއް ވެއްޓިއްޖެއެވެ." ދެން ޒުވާނާ އެނބުރި އެތަނަށް އައިސް އެތަންމިތަން ބަލައި ހޯދަން ފެށިއެވެ. ވެއްޓުނު އެއްޗެއް ހޯދުމުގެ ގޮތުންނެވެ. އެ ވަގުތު ދުވަސްވީ މީހާ ބުންޏެވެ. "ކޮއްކޯއެވެ! ކޮއްކޮ އަތުން ވެއްޓުނު އެއްޗެއް ދެނެއް ނުފެންނާނެއެވެ. ކޮއްކޮ އަތުން ވެއްޓުނީ ރީތި އަދަބާއި އަޚުލާގެވެ. ކޮއްކޮގެ އިންސާނިއްޔަތު ކަމެވެ!"
  2. ވާހަކަ ދައްކަމުން ދިޔަ މީހާ ބުންޏެވެ. "އަނބިންނަކީ ފައިވާން ފަދަ ބައެކެވެ. ހެޔޮވަރު ފައިވާނެއް ފެނުމުން، ބާ ފައިވާން އެއްލާލާފައިި، ހޯދާ ފަދައެވެ."

ދެން، އެތަނުގައި އިން ބުއްދިވެރިއެއް ކުރެން އެހުނެވެ. "ހަކީމާއެވެ. އޭނަ އެބުނަނީ ހެޔޮ ވާހަކައެއް ހެއްޔެވެ؟ ޖަވާބުގައި ހަކީމު ބުންޏެވެ. "އޭނާ އެބުނަނީ ހަމަ ހެޔޮ ވާހަކައެކެވެ. އަނބިމީހާ ތިމާއަށް ފެންނާނީ ތިމާގެ އަމިއްލަ ނަފްސު ތިމާއަށް ފެންނަ ގޮތަކަށެވެ. ތިމާއަކީ ފައިތިލަ ކަހަލަ އެއްޗެއް ކަމުގައި ދެކޭ މީހާއަށް އަނބިމީހާ ފެންނާނީ ފައިވާނެއްގެ ސިފައިގައެވެ. ނަމަވެސް، ތިމާއަކީ ރަސްކަލެއްގެ ގޮތުގައި ދެކޭ މީހާއަށް އަނބިމީހާ ފެންނާނީ އޭނާގެ ބޮލުގައި އަޅާ ތާޖެއްގެ ގޮތުގައެވެ. އެއީ ހިތުހުރި ވަގުތަކު ނަގައި އެއްލާލެވޭ އެއްޗެއް ނޫނެވެ."

  1. އެސްފީނާއަކީ ހަގީގަތެއް ކަމަށް ގަބޫލުކުރާއިރު، އެފަދަ ކަންކަމީ މާތްﷲގެ އިޒުނައާ ނުލައި ނުވާނޭ ކަމެއްކަން ހަނދާނެއް ނުހުރެއެވެ. އަދި، ހަމަ އެހެންމެ، އެކަލާނގެ ރައްކާތެރިކަމަށް އެދޭ ކޮންމެ މީހަކަށް އެކަނލާގެ ރައްކާތެރިކަން ލިބިގެންވާ ކަމާއި އަދި، އެކަލާނގެ ރައްކާތެރިކަމުގެ ދާއިރާގެ ތެރޭގައި ހުންނަ މީހަކަށް އެފަދަ ގެއްލުމެއް ނުލިބޭނޭ ކަމުގެ ޔަގީންކަމެއް ވެސް ލިބިފައި ނޯވެއެވެ.
  2. އެއްބަޔަކު ބަނޑުހައިވެގެން، އެކަމަށް ލުޔެއް ހޯދުމުގެ ގޮތުން ބަނޑުގައި އަތް އަޅައިގެން ތިބި އިރު، އަނެއް ބަޔަކު ކައި ބަނޑުބޮޑުވެ، ބަނޑު ހިންދުމުގެ ގޮތުން ބަނޑުގައި ފޮތިއަޅައި، އެހެން މީހުން ޚަރަދު ކުޑަކޮށްގެން އުޅުމަށް ގޮވާލައެވެ!
  3. ހުރިހާ މަގެއްގައި ވެސް ބާރަށް ނުދުއްވުމަށް އޮވެއެވެ. އެންމެ މަގެއްގައި ފިޔަވައެވެ. މާތްﷲގެ މަގަށް އެނބުރި ރުޖޫއަވާން އޮންނަ މަގުގައި ވީހާވެސް ބާރަށް ދުއްވާފައި އަންނާށޭ ލިޔެފައި އޮވެއެވެ. އަދި އެކަން ކުރުމަށް އެކި ގޮތްގޮތުން އަބަދުމެ އަބަދު ހަނދާން ވެސް ކޮށްދެވެމުން ދެއެވެ.
  4. އިސްލާމީ ތާރީޚަށް އަވަސް ކަޅިިއެއް އެއްލާލި ކަމުގައި ވިޔަސް އެނގޭނޭ ކަމެއް އޮވެއެވެ. އެކިއެކި މައުޟޫއުތަކުގައި، އިހުގައި، ފޮތްތައް ލިޔެވުނު އިރު، ހުވަފެން ތައުބީރު ކުރުމުގެ ރޮނގުގައި ލިޔެވިފައި އޮތްތަން ފެންނަނީ އެންމެ ދެތިން ފޮތެކެވެ. ނަމަވެސް، އިސްލާމީ މުޖުތަމައުތަކުގައި ހުވަފެން ތައުބީރު ކުރާ އެތައްއެތައް ހާސް މީހުންނެއް އުޅެއެވެ.

މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އިސްލާމީ މުޖުތަމައުތަކަކީ ނިދާފައި ތިބެގެން ހުވަފެން ބަލަމުންދާ ބައެއް ކަމެވެ. ތަން ބަނގުރޫޓުވެ، ބަނޑަށް ޖެހެމުން ދާއިރު ވެސް، ޒާތީ ތައައްސުބެއްގެ ދަލުގައި ޖެހި ތިމާގެ ޕާޓީއާއި ތިމާގެ ޕާޓީގެ މީހުންނަށް ތައުރީފުކުރުމާއި ޚުޝާމަދުކުރުމުގައި ދެމި ތިބެއެވެ. މީހުން މަރާ ވާހަކަ ބުނުމުން ވެސް، އެކަން އެއީ ގޯސް ކަމެއްގެ ގޮތުގައި ފާހަގަކުރެވި އެކަން ތަހުގީގުކުރުމަށް ގޮވާލުމުގެ ބޭނުމެއް އޮތްކަމަށް ނުދެކި، ފާހަގަކުރެވެނީ ކުރީގައި ވެސް އެފަދަ ކަންކަން ހިނގާކަމެވެ! ކީއްވެ ހެއްޔެވެ؟ ތިމާ ތާއީދުކުރާ ބައެއް ދިފާއުކުރުމުގެ މަގުސަދުގައެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ކީއްކުރާނީ… ހާލަތު ހުރި ގޮތް ހަމަ. މަތީފަޑީގަ ތިބެގެން ރަން އުލުން ރަންތަށީގަ ބަނޑުފުރެންދެން ބީފް ކަނީ އެމީހުން. ބާކީވާ އެއްޗެއް ތިލަފުއްޓަށް އުކާލަނީ. ދެން މިބުނަނީ ރައްޔިތުން ޚަރަދު ކުޑަކުރާށޭ!
    އެންވާރުމަންޓު އެނާޖީ ވެސް މިހާރު މެލޭޝިއާއިން އެޕާޓްމަންޓެއް ނަގައިފި. އެތައް މިލިއަން ރުފިޔާ އެބަހުރި އެއަންހެނާގެ އަތުގަވެސް… މިއީ ހާލަތަކީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.