އުފާވެރި ޚަބަރުތައް ޤުރުއާން ދިރާސާކޮށްލުމުން ފެނެޔޭ
އުފާވެރިކަން އެއިން ލިބުމުން ދުލުން ތަސްބީޙަ ގިނަ ކިޔެޔޭ
ބަލާށިއެ ބާރަވަނަ އާޔަތް ވިމަތިވެރި މުލްކު ސޫރަތުވީ
ފަލާޙު ލިބޭނެ ކަަަަށަވަރުވީ ގޮތެއް އެވަނީ ބަޔާން ވެފަޔޭ
ތިމާޔަށް ޣައިބުގައި ވީހިނދު، ވިޔަސް ބިރުވެތިވެ ރައްބާމެދު
ދިމާޔަށް ހިތް އެދޭ ނުލެނބުން ހިތުގެ އީމާންކަމަށް ފުދެޔޭ
ޙަޔާތުގެ ބައްތި ނިވިގެންދާ ވަގުތު ނޭނގޭ ޙަޔާތް އަމުދުން
ވަޔާބުރުވައިލިނަމަ ގެއްލެވި ވެންގެންދާކަން އެނގޭން އޮވެޔޭ
ނަމޫނާ ހެޔޮ ރަސޫލަކު މާތް ވަޑައިގެން ދެއްކެވީމާ ވެސް
ސަދޫމީން ލޯ މަރައިލީމާ ވެގެންދިޔަ ގޮތް އެނގޭން ޖެހެޔޭ
އުޅޭން އޮތް ދާއިމީ ތަނަކީ ސުވަރުގޭ މުއުމިނުންނަށް މާތް
ކުޅޭން ދުނިޔޭގެ ލައްޒަތުގައި އުޅޭނަމަ ވާނެގޮތް އެނގެޔޭ
މިއުއްމަތް އެންމެހެޔޮ އުއްމަތް ކަމަށް ﷲ ލެއްވީމާ
ދިއުން ދީނުން ތިމާ ބޭރަށް ނަރަކަ އޮތްކަން އެނގޭންވާނޭ