Support Us

ކޮލަމް ކޯދު: ޅެމެއްގެ ތަރުޖަމާ- ނުމީހުން މީހުނަށްވެ، ނުރަނގަޅު ރަނގަޅަށް ވުން

قد يعتلي ظهر الجياد ذباب ويقود أسراب الصقور غراب

އަސްތަކުގެ ބުރިކަށިމައްޗަށް މެހިމެހި ވެސް އަރައި ސަވާރުވެދާނެއެވެ.

އަދި، ބާޒު އައިންގަނޑެއްގެ ކުރިއަށް ކާޅެއް ވެސް އަރައި ބާޒުމެންނަށް މަގުދައްކަނީ ކަމުގައި (ހީވެދާނެއެވެ)

ويسود رجاف بحفل قومه وعليه حلل من النفاق ثياب

(މިހެންވުމުން، ތަނެއް ދޮރެއް ނުދަންނަ، ގޮތެއް ފޮތެއް ނެތް،) ދޮގު ވާހަކަތައް ދައްކާ ބަޔަކު ގައުމުގެ މަޖުލިސްތަކުގައި އިސްވެ ގޮތް ކިޔަން ތިބޭ ތަން ފެނެއެވެ. ނިފާގުކަމާއި ދެފުށް ދެގޮތް ކަމުން ޒީނަތްތެރިވެ، (ދަންނަކަމުގެ) ހެދުން އަޅައިގެން ތިބެއެވެ.

ترى الأسافل تعالى مجدهم الحر فرد ماله أصحاب

ދެން ފެނިގެންދަނީ އެންމެ ދަށުދަރަޖައިގެ މި ބައިގަނޑުގެ (ހަގީގަތެއް ނެތް) މޮޅުކަމުގެ (ވާހަކަތައް ޖައްވުގެ ތެރަށް) މައްޗަށް އަރައިގެންދާ ތަނެވެ. އެ ހިނދު މިނިވަންކަމަށް ލޯބިކުރާ މިނިވަނާގެ އެއްވެސް އެކުވެރިޔަކު ނުހުރެއެވެ.

لكن ما يدمي فؤاد مرارة أسد وتنبح فوقهن كلاب

ނަމަވެސް، ހިތް ލޭކަރުނައިން ރޮއްވާލައި ހިތަށް ހިތާމައިގެ ހިތިކަން ގެނެސްދޭ (އެންމެ ބޮޑު) ކަމަކީ މިއެވެ. ސިންގާތަކެއްގެ މައްޗަށް ކުއްތާތަކެއް (ސަވާރުވެވޭ ގޮތް މެދުވެރިވެ، އެ ސިންގާތަކުގެ) ބުރިކަށިމަތީ ތިބެ ކުއްތާތައް ވައްވައް ޖަހައި ހަޅޭލަވަމުންދާތަން ފެންނާތީއެވެ.