Support Us

ކޮލަމް ކޯދު: ބުއްދިވެރި ބަސްކޮޅެއް

  1. ދެ ވައްތަރެެއްގެ ފުރިހަމަ މީހުން ވެއެވެ. މަރުވެ ގޮސްފައިވާ މީހުންނާއި އަދި އުފަންނުވާ މީހުންނެވެ.
  2. ދަންވަރު ދޮރުގައި ޓަކި ޖެހުމަކުން ސާފު ޒަމީރެއްގެ ވެރިޔަކު ބިރެއް ނުގަންނާނެއެވެ.
  3. އުނގެނުމަކީ އެއްވެސް ބަރުދަނެއް ނެތް، ފަސޭހައިން އުފުލޭ އަގުހުރި މުދަލެކެވެ.
  4. ދެމަފިރިން ބަހެއް ނުބުނެ، އެކަކު އަނެކަކު ގާތު، އެތައް ވާހަކައެއް ދައްކައެވެ.
  5. ފިހާރައެއް ހުޅުވާލުމަކީ ފަސޭހަ ކަމަށް ވެދާނެއެވެ. ނަމަވެސް އެ ފިހާރަ ހުޅުވާފައި ބެހެއްޓުމަކީ ވަރަށް ވެސް އުނދަގޫ ކަމެކެވެ.
  6. މުދައްރިސުން ދޮރުތައް ހުޅުވާލަދެއެވެ. ނަމަވެސް، ކިޔަވާ ކުދިން އެ ދޮރުތަކުން އެތެރެއަށް ވަންނަން ޖެހެއެވެ.
  7. ފައްކާވެފައި ހުންނަ މޭވާ ވެއްޓެއެވެ. ނަމަވެސް، އެ މޭވާ ވެއްޓެނީ އިނބަގެ އަނގައަކަށް ނޫނެވެ.
  8. ދުނިޔެ އިސްލާހުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، އިނބަގެ ގޭގެ ވަށައިގެން ތިން ފަހަރު ބަލާލުން މުހިއްމެވެ.
  9. އަހަރެންގެ އަތުގައި އަރާނެ ފައިވާނެއް ނެތުމުން އަހަރެން ހިތްހަމަނުޖެހުނެވެ. ދެން، އެހެން ހުއްޓައި އަހަންނާ ދިމާވީ ފައެއް ވެސް ނެތް މީހަކާއެވެ.
  10. އުނދަގުލީ ކަންކުރާނެ ގޮތް ދެނެގަތުމެއް ނޫނެވެ. ކަން ކުރުމެވެ.
  11. ފަޅުތެރެއިން ނުނިކުމެ ތިމާގެ މަންޒިލް މަގްސޫދަށް ވާސިލުވެވޭނެ ކަމަށް ހީނުކުރާށެވެ.
  12. މީހަކު ދަތުމަކީ އޭނާގެ މޫނު އެނގި ދަސްވުމެއް ނޫނެވެ. އޭނާގެ ހިތް އެނގި ދަސްވުމެވެ.
  13. ހިނިތުން ވެފައިވި މޫނެއް ލިބިފައިނުވާ މީހަކު ފިހާރައެއް ހުޅުވައިގެނެއް ނުވާނެއެވެ.

(އާދެ، އާންމު ޚިދުމަތް ފޯރުކޮށްދޭން ތިބޭ މީހުންނަށް ހިނިތުންވާން ނޭނގޭ ނަމަ، އެފަދަ ތަންތާނގައި ތިބެގެން ނުވާނެއެވެ.)

  1. ޖާހިލު ތަންދޮރު ނުދަންނަ މީހާ، އެއްވެފައިވާ މީހުންގެ ފަހަތުން ދެއެވެ. ބުއްދިވެރި، އަމިއްލައަށް ވިސްނާ މީހާ ކަންތައްތައް ނިންމާނީ އޭނާ އަމިއްލައަށެވެ.

(އެއްވެފައިވާ މީހުންގެ ފަހަތުން ހަޅޭލަވަމުން ދުވުން ދޫކޮށްލާފައި ބުއްދިވެރިއަކަށްވެ އަމިއްލައަށް ވިސްނައި ކަންކަން ނިންމަން އާދަކުރާށެވެ.)

  1. ތިމާއަށް އެއްޗެއްގެ އަގު އޮޅުވާލައި މަކަރު ހެދިޔަނުދިިނުމައްޓަކައި އޭގެ އަގަކީ ކޮބައިކަން ތިން ފިހާރައަކަށް ގޮސް އޮޅުންފިލުވާށެވެ!
  2. ކެތްތެރިކަމަކީ ވަރަށް ވެސް ހިތި ގަހެކެވެ. ނަމަވެސް އެ ގަހުގައި އަޅާ މޭވާ ކިތަންމެހާ ވެސް ފޮންޏެވެ.
  3. ރަނގަޅަށް އަޑުއެހުމަކީ ރަނގަޅަށް ވާހަކަ ދެއްކުން ފަދަ މުހިއްމު ކަމެކެވެ. އަދި، ވާހަކަދެއްކުމުގައި ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ.
  4. ކިތަންމެ ވަރުގަދަވީ ނަމަވެސް، އެންމެ ހުރަސް ވަކަރަކުން ގެއެއް ނޭޅޭނެއެވެ.
  5. ކުރިއަށް އޮތް މަގު އޮތީ ކިހިނެއްކަން ހޯދަން ބޭނުންވެއްޖެ ނަމަ، އެ މަގުން އެނބުރި އަންނަ މީހެއް ކުރެން އަހާށެވެ.
  6. ވާހަކައަކުން ބަތެއް ނުކެކޭނެއެވެ.

(މިއީ އެންމެން ވެސް ދަންނަ ހަގީގަތެކެވެ. ހުސް ވާހަކައަކުން ކަމެއް ނުކުރެވޭނޭ ކަމެވެ. ނަމަވެސް، މިއީ ވަރަށް ފަސޭހައިން ހަނދާން ނެތޭ ހަގީގަތެކެވެ. ނޫނީ ހަނދާން ނައްތާލެވޭ ހަގީގަތެކެވެ. ތިމާ ތާއީދު ކުރާ ސިޔާސީ މީހާ ވާހަކަ ދައްކާން ފެށުމުންނެވެ. ނަމަވެސް، މި ހަގީގަތް ހަނދާން ކޮށް، މޮޔަ ހެއްދުމާ ދުރަށް ދާންޖެހެއެވެ.)