Support Us

ދެމެހެއްޓެނިވި ތަޢުލީމާ ބެހޭ މައުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް ބާއްވައިފި

ދެމެހެއްޓެނިވި ތަޢުލީމް (ސަސްޓެއިނަބްލް އެޑިޔުކޭޝަން) އާ ބެހޭ މައުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް އެޑިޔުކޭޝަނަލް ލީޑާރސް އެސޯޝިއޭޝަން އޮފް މޯލްޑިވްސް (އީލާމް) އިން ބާއްވައިފި އެވެ.

ދެމެހެއްޓެނިވި ތަރައްޤީއާއި ދެމެހެއްޓެނިވި ދިރިއުޅުމަށް އަމާޒުކޮށްގެން ތަޢުލީމު ދިނުމަށް އޮންލައިންކޮން މިއަދު ކުރިއަށް ގެންދިޔަ މި ސެޝަން ނަންގަވައިދެއްވީ ހާމޮނީ ޕްރޮޖެކްޓްގެ ޑިރެކްޓަރ އަދި އިނގިރޭސިވިލާތުގެ އޭޝްލީ ޕްރައިމަރީ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ރިޗަޑް ޑަންއެވެ. ރިޗަޑާ އެކު އީޑަން ޕްރޮޖެކްޓްގެ ޖޭސަން ބްރޫކްސް އާއި ސެމިއުލް ސުމިތު ވެސް ދެމެހެއްޓެނިވި ތަޢުލީމާބެހޭ ވަރަށް މުހިއްމު މަޢުލޫމާތުތައް ހިއްސާ ކުރެއްވިއެވެ.

އީލާމްގެ ރައީސް، ޣިޔާޘުއްދީން އިންޓަނޭޝަލް ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޠާހާ ސަލީމް ވިދާޅުވިީ، ރިޗަޑާއި ޖޭސަން އަދި ސެމިއުލް އަށް  އިންތިހާއަށް ޝުކުރުވެރިވާ ކަމަށާއި، އެ ބޭފުޅުންގެ މުއްސަނދި މަޢުލޫމާތާއި ތަޖުރިބާ، ސެޝަންގެ ބައިވެރިވިންނާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި އަޅުގަނޑުމެންގެ ދަރީންނަށް ފޯރުކޮށްދޭ ތަޢުލީމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނެސް އެއްބައިވަންތަކަމާއެކު އުޅެން ދަސްކުރުމަށްޓަކައި ހޭލުންތެރިކަން އުފެއްދުމަށް ގުޅިގެން މަސައްކަތްކުރަން އެއްބަސްވެފައިވާ ކަމަށް ޠާހާ ވިދާޅުވިއެވެ.

އީލާމްގެ ފުރަތަމަ އޮންލައިން ސެޝަން ޚާއްޞަ ކޮށްފައި ވަނީ އީލާމްގެ ފައުންޑަރުންނާއި އެކްސްކޯގެ މެންބަރުންނާއި ޢާންމު މެންބަރުންނަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް