Support Us

ކޮލަމް ކޯދު: ތިން މީހަކާ ދުރަށް ދާން ޖެހެއެވެ.

ތިން މީހަކަށް ނަސޭހަތްދީ އެމީހުން އިސްލާހުކުރެވޭތޯ މަސައްކަތްކުރުމެއް ނުވެއެވެ. އޭގެ ތެރެއިން ފުރަތަމަ މީހަކީ ޣަދަރުވެ ޚިޔާނަތްތެރިވާ މީހާއެވެ. ދެވަނަ މީހަކީ ދޮގު ހަދާ މުނާފިގު، ދެފުށް ދެގޮތް، އޭނާގެ ކިބައިގައި އެއްވެސް އަމާނަތްތެރިކަމެއް ނެތް މީހާއެވެ. ތިންވަނަ މީހަކީ އިހުސާންތެރިކަމެއް ލިބިގަތުމަށް ފަހު އެކަން ހަދާންނައްތާލައި އެއީ ނުވާކަމެއް ކަމަށް ހަދާ މީހާއެވެ.

މިފަދަ މީހުންނަށް ނަސޭހަތްދީ އެމީހުން އިސްލާހުވޭތޯ މަސައްކަތްކުރުމެއް ނޯވެއެވެ. ސަބަބަކީ އެ މީހުން އިސްލާހުވުމަކީ ވަރަށް ވެސް ދުރު ކަމަކަށްވާތީއެވެ. އެހެން، އެފަދަ މީހުންނާ ވީހާ ވެސް ދުރަށް ދާންޖެހެއެވެ. އަމިއްލަ ހަޔާތުން އެފަދަ މީހުން ދުރުކުރަން ޖެހެއެވެ. ތިމާމެންގެ ޖަމާއަތުގެ ކަންތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލަން އެފަދަ މީހުންނާ ހަވާލުކުރުމަކީ ވަރަށް ވެސް މޮޔަކަމެކެވެ.