Support Us

ދުޅަހެޔޮކަމަށް އިސްކަންދޭށެވެ!

ހިތުގެ ދައުރާ މެދަށް ވިސްނައި ފިކުރު ހިންގައި އުޅޭން ވެއްޖޭ
އިތުރު ގުނަވަންތަކާމެދުވެސް އެވިސްނުން ގެންގުޅޭން ވެއްޖޭ

ހަތަރު ޙިލްޠެއްގެ އަޞްލެއްގައި އުފެއްދެވި މާތްވި އިންސާނާ
ރަމަތަ ޖިސްމާ ހިތާ ކުރެވޭ ތަކެތި ކައިބޮއި ހަދާން ވެއްޖޭ

ހިތަށް އެރިހައި ތަކެތި ކައިބޮއި ހަދާން ފެށުމުން ފަސާދަވަނީ
ކިތައް މީހުންހެ ގާތް އެކުވެރި ހަނދާން އާކޮށް ލެވޭން ވެއްޖޭ

ވަޒަންތައް ގެއްލިގެން ޖިސްމުގެ ތެރޭގައި ޙިލްޠުތައް ދިއުމުން
ނަޒަރު ހިިންގައި އެއިން ވާގޮތް ނިކަން ރަނގަޅަށް ފިލާން ވެއްޖޭ

ބެދޭ ލޭ ދައުރުވާ ހޮޅިތައް ތިރީސް އަހަރަށް ޢުމުރު ދާއިރު
ތެދޭ ރަހަމީރު ގިނަ ތަކެތީން ލިބޭ ގެއްލުން އެނގޭން ވެއްޖޭ

ބަތާ ރިހަޔާ ގޮދަން ފުށުރޮށި އަބަދު ކެއުމުން އެހެން ވާތީ
ފަތާ ލުނބޮޔާ އިނގުރު ލޮނުމެދު އެއާއެކު ކައިހަދާން ވެއްޖޭ

ހަލާކުވެ ޖިސްމުދާ ތަކެތީ ތެރޭގައި ތެޔޮ ލޮނު ހަކުރު ހިމެނޭ
ސަލާމަތް "ހިތް" ނުވާ ތަކެތީން މުޅީން ދުރުހެލި ވެވޭން ވެއްޖޭ

ކުރަން ކަސްރަތު ޖެހޭ އިރުގައި "ޗިޕުސް" ކައިގެން ގޮނޑީ އިނުމާ
ދުރަށް ނުމެގޮސް ބަލަން ޓީވީ އިނުންވެސް މަދު ކުރަން ވެއްޖޭ

މަރާ ބައްޔާ އެއީ ދެކަމެއް ކަމަަށް ވީހިނދު އެކަން ދަނެގެން
ޚަރާބު ނުވާ ގޮތަށް ޞިއްޙަތު އުޅޭން ދަސްކޮށް ހަދާން ވެއްޖޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *