ތެދެކެވެ. ހަސަނާ އިނދެގެން އައިޝާ އުޅޭއިރު މައިދައިތަ ނުބަލާތީވެ ހަސަނު ކުށްވެރި ކުރަނީ އަންހެނުންނެވެ. މަންމަ ކޮންމެ ދުވަހަކުވެސް އަނބިގޮޮއްޔެގެ ނުބައި ވާހަކަ ދައްކައެވެ. ތަންގަނޑު އަންހެނުންގެ ވާހަކައަކީވެސް އެއީއެވެ. ހަސަނާ އިނދެގެން އުޅޭހާ ހިނދަކު ހަސަނު މަންމަ ބެލުން އައިޝާ އަށް ވާޖިބުވާނެއެވެ.
ދީނުގައި އޮންނަނީ ﷲއަށް އުރެދުމަށް ނުވާ ކޮންމެ ކަމެއްގައި ފިރިމީހާއަށް ކިޔަމަންވުމަކީ އަނބިމީހާގެ ވާޖިބެއް ކަމެވެ. އެގޮތުން ހެޔޮ ހިތުން އަނބިމީހާ މައިދައިތައަށް ހިދުމަތްކުރުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެކަމަށް ވާޖިބު ދަރަޖައެއް ދިނުމެއް ވެއެވެ.
ފިރމީހާއަށް އިހްސާސް ނުވިޔަސް ދަރިން ގެއަށް ގެންނަ ޅީދަރި ބަލައިގަތުމަކީ ގިނަ މައިދައިތައިންނަށް ފަސޭހަ ކަމަކަށް ނުވެއެވެ. ތިމާ ތަރުބިއްޔަތުކުރި ދަރިންނާ ހިލާފު އުޅުމެއްގެ ވެރިއަކަށްވާތީ އާއި ޒަމާނުއްސުރެ ފެތުރިފައިވާ ސަގާފަތުގެ ސަބަބުންނެވެ.
ޅީދަރި ކެއްކީމާ ނުބައިވެ، ކާން ނުކެރުމާއި ކުރާ ކަންކަން ކަމުނުގޮސްގެން އެ ވާހަކަތައް ދައްކައި ނުބައިމީސް ކުރުމަކީ އިހުގެ ވައްޓަފާޅިންގެ ތެރެއިން އައިސް އަދިވެސް ނުފިލާ ކަންކަމެވެ.
ތިމާގެ ފިރިހެން ދަރީގެ ހޮވުމަކީ ތިމާގެ ވިސްނުމާއި ހިޔާލާ ހާސްގުނަ ތަފާތު ހޮވުމަކަށްވުމުން ދަރިއެއްގެ ގޮތުގައި ޅީދަރި ބަލައިގަތުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. ނަމަވެސް މުޖްތަމައުގައި އަނބިން މައިދައިތަ ބެލުމަކީ ވާޖިބެއް ކަމުގައި ކަނޑައަޅައި މައިދައިތަ ނުބަލާ ލިސްޓްގައި ހިމެނި ކުށެއްނެތި ބޭޒާރުވާ އަންހެނުން މަދެއް ނޫނެވެ.
އަންހެނާއަށް އޮތީ ހިތުންރުޙުުމުން ފިރިމީހާގެ އާއިލީ ގުޅުންތައް ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި ވީވަރަކުން އަޅާލުމާއި އޯގާތެރިކަން ދިނުމެވެ. ޔަގީނަށްވެސް އެނގެނީ މައިދައިތަ ނުބަލައިގެން ޅީދަރިފުޅު ފާފަވެރިނުވާނެކަމެވެ. އެކަމަކީ ވާޖިބެއް ކަމުގައި ކަނޑައަޅައި އަންހެނުން ކުށްވެރި ކުރުމެއްނެތެވެ.
އަނބިމީހާ ހޮވާއިރު ހުލްގު ހެޔޮ އަންހެނަކު ހޮވައިފިނަމަ ތިމާ ފަދައިން ތިމާގެ މައިންބަފައިން ދެކެ ލޯބިވާނެ އަންހެނަކު ތިމާއަށް ލިބޭނެއެވެ. ހަމަ އެފަދައިން ހުލްގު ހެޔޮ ފިރިއަކު އަނބިމީހާގެ މައިންބަފައިންނަށްވެސް ހެޔޮވާނެއެވެ.



advertisment
2 Responses
ބަލާހިތެއްވެސް ނުވާނެ ދޭތެރެ ޖައްސަމުން ހިނގީމައެއް. އިނދެގެން ގެންދާ މީހަކީ ކިތަންމެ ލޯބިން ގެންދާ މީހެއް ވިއަސް މައިދައިތަ އެކްޓް މޮޅުކަމުން އަނބިމީހާ ބާކީ ކޮށްލާނެ. މަންމަ ނުކުރާނޭ ގޯސްކަމެއް ބުނާނީ. ނުވިތާކަށް އަނގައިން ބުނާހާ މިހަކު ނުބުނާވަރު ކުރޭ މައިދައިތަމެން. ރަނގަޅު މައިދައިތަމެން އެހާ ރަނގަޅު
އަދި ރަންދަރީގެ އަންހެނުން ރަންވާނެ، ގުއިދަރީގެ އަންހެނުންް ގުއިވާނެ