Support Us

ކޮލަމް ކޯދު: ބަދަލުވަމުންދާ ދުނިޔެ- އިހާރާއި މިހާރު

  1. އިހުގައި އަހަރުމެން ދެކެނީ ގޭގެ ހާލުއަހުވާލު ބަލާ ގޮތަށް އަވައްޓެރިންގެ ހާލު އަހުވާލު ވެސް ބެލުމެވެ. ގޭ މީހުން ކާންވަނީ އަވައްޓެރިން ވެސް ކައިގެންތިބޭތޯ ބަލާފައެވެ.

ނަމަވެސް މިއަދުގެ ހަމައަކީ އަހަރުމެންނާއި އަހަރުމެންނެވެ. އަވައްޓެރިންނާއި އަވައްޓެރިންނެވެ. އަހަރުމެންނަށް އޮތީ އަހަރުމެންގެ ހާލައިގެން އުޅުމެވެ. އަވައްޓެރިން އެމީހުންގެ ހާލައިގެން އުޅޭނެއެވެ.

  1. އިހުގައި އަހަރުމެން ދުށީ ސަދަގާތް ފެށޭނީ ގެއިން ކަމެވެ. އަޅާލަން ޖެހޭނީ އެންމެ ފުރަތަމައިން ގާތްތިމާގެ މީހުންނަށް ކަމެވެ. ދުރު ހިލާމުންނަށް ކަންތައް ކޮށްދިނުން އޮންނަނީ އެއަށް ފަހުއެވެ.

ނަމަވެސް މިއަދު އަހަރުމެން ދެކެނީ ގާތް ތިމާގެ މީހުންނަކީ ނަގުލަންދާށި ފަދަ ބައެއް ކަމެވެ.

  1. އިހުގައި އަހަރުމެން މީހުންނާ ބައްދަލުކޮށް، ގޮވާލަން ދަނީ އެ މީހުން ދިރި ތިބޭއިރުއެވެ.

ނަމަވެސް، މިއަދު އަހަރުމެން މީހަކަށް ގޮވާލަންދަނީ އޭނާ މަރުވުމުންނެވެ.

  1. އިހުގައި އަހަރުމެން ދެކޭ ގޮތުގައި ގޯސް ގޯހަށް ވަނީ ގޯސް ގޯސްވީމައެވެ.

ނަމަވެސް، މިއަދު ގޯސް ގޯހަށް ވަނީ އަހަރުމެން ނަފުރަތުކުރާ މީހާ އެކަން ކުރީމައެވެ.

  1. އިހުގައި އަހަރުމެންގެ ހެކިބަހާއި އަހަރުމެންގެ ޒަމީރަކީ ގަނެވިއްކާ އެެއްޗިއްސެއް ނޫނެވެ.

ނަމަވެސް، މިއަދު އަހަރުމެންގެ ހެކިބަހާއި ޒަމީރު ވެސް އެންމެ ބޮޑު އަގެއް ހުށަ ހެޅި ފަރާތަކަށް ވިއްކާލެވެއެވެ.

މިއީ ޒަމާން ބަދަލުވުމާ ގުޅޭ ކަމެއް ނޫނެވެ. މިކަން ގުޅެނީ އަހަރުމެންގެ ގޮތްފޮތް ބަދަލުވުމާއެވެ!