...

Support Us

ކޮލަމް: ދިނަށަ

ދިޔޯ ރައިވަރު ފޮތުގެ 9 މާނަ އާއި ޝަރަޙައާ މެދު އަޅުގަނޑުގެ ވިސްނުން

ރައިވަރުގެ މާނަ:

"ލުންއުފަ އިނދެތެ ދިޔޯމައި (މައިދިޔޯ އުފަލުން އިނދެތެ)

"ގުންމުރި ދެވަނަ މަތީ ނުޚައް" (މުރިނގުން މަތީ ދެވަނަ)

މިބަހުން މުރާދު ކުރައްވާފައިވަނީ "ތީރު އަސްތަމާނު" އެެވެ. އެއީ ގަހާއިން އަސްތަމާނު ފަޅި ކިޔާނަމަ މުރިނގުން މަތީގެ ދެ ވަނަ މިޞްރާބެވެ. އެއީ، މާލެއަށް ސަމުގާ މިޞްރާބުގައި ހުޅަނގުން ދެކުނުގެ ދެވަނަ މިޞްރާބެވެ. އެ މިޞްރާބު އެފްރިކާ ބައްރުގެ "މޮޒަމްބީކް" އަށް ސީދާ ވެއެވެ.

"ތުންވީތާ ދެކު ނުޚައް" (ޚައްޠުން ދެކުނު ވީތާ)

މޮޒަންބީކް އަކީ، ޚައްޠު އިސްތަވާގެ ދެކުނުން 10* 31.7’S (ދިހަ ދަރަޖަ އެއްތިރީސް ޕޮއިންޓް ހަތެއް ދަޤީޤު) ން ފެށިގެން ދެކުނަށް ދެމިފައި އެފްރިކާގެ އިރު ދެކުނު އައްސޭރިއާއި ގުޅިފައި އެފްރިކާ ބައްރުގެ "ޤަލްބު އީރާނު" ވީ ދިމާޔަށް ކަނޑަށް ހުޅުވިފައި އޮންނަ އޮންނަ ޤައުމެކެވެ. އެހެންކަމުން މިބަހުގައި "ޙައްޠުން" ދެކުނު ވީތާ އެވެ، ވިދާޅުވެފައި އެވަނީ، ޙައްޠު އިސްތަވާއިން ފެށިގެން ދެކުނުގައި އެ ޤައުމު އޮތުމުން ކަމަށް ފެނެއެވެ. އަޞްލަކީ، ޙައްޠުން ދެކުނުކަން ބަޔާން ކުރެއްވުމެވެ. އެބަހީ، ޚައްޠު އިސްތަވާއިން ދެކުނުކަން ބަޔާން ކުރެއްވުމެވެ.

އިތުރު ވިސްނުން:

ރައިވަރުގެ ގަތްބަހާއި ފަހުބަހުގެ ފަހު 3 އަކުރު ނުވަތަ ފަހު 3 ފިލި އޭގެ އަކުރާއެކު އެއްގޮތްވުން ލާޒިމުވާތީ އާއި، ފަހު ބަހުގެ ފަހު ލަފުޒާއި ގަތްބަހުގެ ފަހު ލަފްޒު އެއްގޮތް ކުރަންވާތީ އާއި، ފަހުބަހުގެ ފަހު 3 އަކުރާއި ގަތްބަހުގެ ފަހު 3 އަކުރު އެއްގޮތް ކުރުމަށްޓަކައި، ގަތްބަހުގެ ފަހު ލަފްޒުގައި ހުސް އަކުރެއް ނުވަތަ ބަހެއް ގެނައުމަކީ ވެސް ރައިވަރުގެ ހަމައެއްކަން އެނގެން އޮންނާތީ އާއި، މި ރައިވަރަކީ ގަތްބަހާއި ފަހުބަހުގެ އެންމެ ފަހު ލަފްޒަކަށް ނުވަތަ ފަހު ބަހަކަށް، ކުރުފިލީގެ 3 އަކުރު ކަމުގައި "ނުޚައް" މި ލަފްޒު އައިސްފައިވާ ރައިވަރެއް ކަމުގައި ވުމުން، ފަހުބަހުގެ ފަހު ލަފްޒުގެ 3 އަކުރުގެ ކުރީ އަކުރުގެ ފުރަތަމަ އަކުރަކަށް "ދެކުނު" މި ލަފްޒުގެ ނޫނު ހިމަނައިގެން "ނު+ޚައް" މިގޮތަށް ފަހުބަހުގެ ނިންމުން ގެންނަވާފައިވާ ރައިވަރެއް ކަމަށްވާތީ، ގަތްބަހުގެ ފަހު 3 އަކުރު ފިއްޔާއެކު އެއްގޮތް ކުރުމަށްޓަކައި، "ޚައް" މި ދެއަކުރުގެ ކުރިޔަށް މާނައެއް ނެތް ނޫނެއް ހުސް އަކުރެއްގެ ގޮތުގައި ގެންނަވާފައި ވަނީކަމަށް ޝައްކު ކުރާނެ ތަނެއް އޮތްކަމަކަށް ނުފެނެއެެވެ.

އަދި ރައިވަރުގެ ގަތްބަސްހުގެ ފަހު އަކުރު ނުވަތަ ފަހު ލަފުޒުގެ ބައެއް އެއީ ފަހުބަހުގެ ފެށޭ އަކުރުގެ ބައެއްގެ ސިފައިގައި ފެންނަން އޮންނަ ޢާންމު ހަމައަށް ބަލާއިރު، މި ރައިވަރުގެ "ގަތްބަހުގެ "ޚައް" އާއި ފަހުބަސް ފެށޭ "ޠުން" އާއި ގުޅުވައިގެން "ޚައްޠުން" މި ގޮތަށް ގެންނަވާފައި ވަނީކަމަށްވެސް އޮޅުމެއް އަރާނެ ތަނެއް އޮތްކަމަށް ނުފެނެއެވެ. އަދި ދިޔޯ ރައިވަރު ފޮތުގައި ގަތްބަހުގެ ފަހު ލަފްޒުގައި ނޫނާއެކު "ޚައް" ގުޅުވައިގެން "ނުޚައް" މިގޮތަށް ލިޔެފައި އޮވެފައި ފަހުބަހުގައި ދެކުނު އެވެ، އޮތް ލަފްޒުގެ ނޫނު "ޚައް" އާއި ނުގުޅުވައި ސްޕޭސް ދީގެން ލިޔެފައި އޮތީ ލިޔުނު ފަރާތެއްގެ ސަބަބުން ކަމަށް ނުވެ ނުދާނެތީ، އެ ސަބަބަކީ، މި ރައިވަރުގައި އެ ނޫނު ފަހުބަހުގެ 3 އަކުރު އެއްގޮތް ކުރުމައި ބޭނުން ނުކުރެވޭނެ ސަބަބެއް ނޫންކަމުގައި ވެސް ފެނެއެވެ. މީ އަޅުގަނޑުގެ ފިކުރެެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.