Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ހަނދާއި ޒުޙަލު އެއްއުއިވުން

ދުނިޔެ އެ ސޯލާ ސިސްޓަމެއްގައި ހިމެނޭ އިރަވީ ނިޒާމުގެ ގުރަހަތަކާއި ދުނިޔެއާއި ހަނދު ދައުރުވާ ދައުރުވުގެ ތެރެއިން ހަނދާއި ޒުޙަލު މޭ 22 ވަނަ ދުވަހު މާލޭ ގަޑިން މެންދުރު 12:18 އާއި 12:19 އާ ދެ މިނެޓްގައި ކުންބަ ރާހީ (އެކްއޭރިއަސް ސައިން  ދަލޫ ބުރުޖު) ގެ 25 ދަރަޖަ 06 ދަގީގުގައި އެއްއުއިވެއެވެ.

ކުންބަ ރާހީގެ 25 ދަރަޖަ 06 ދަގީގަކީ ހުވަން ނަކަތުގެ 00 ދަރަޖަ 06 ދަގީގެވެ.

މޭ 22 ގައި މާލެއަށް ހަނދު އޮއްސެނީ 11:57 ގައި ކަމަށްވާތީ އެ ވަގުތު ޓެލެސްކޯޕަކުން ވެސް އެ މަންޒަރު ބަލައިލުމުގެ ފުރުޞަތު ރާއްޖޭގެ އެއްވެސް ރަށަކަށް ނުލިބޭނެއެވެ.

މިކަމަކީ އެހައި ޚާއްޞަ ކަމެއް ނޫނެވެ. ދުނިޔޭގެ ވަށައިގެން ކޮންމެ މީލާދީ މަހަކު ހަނދު ޖަހާ ބުރުގައި އިރަވީ ނިޒާމުގެ ކޮންމެ ގުރަހައަކާއި ވެސް ހަނދުގެ މިޞްރާބުގެ ގޮތުން އެއްއުއިވުމަކީ ހިނގަހިނގާ ހުންނަ ޢާންމު ކަމެކެވެ.

އަންނަ ޖޫންމަހުގެ 18 ވަނަ ދުވަހުގެ 19:45 ގައި ވެސް ހަނދާ ޒުޙަލު އެއްއުއިވާނެއެވެ.