...

Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ- ހަތް އަހަރުގެ ޔާސްމީނުގެ ހަޔާތުން ދުވަހެއް

ތިރީގައި އެވަނީ ބަންގްލާދޭޝްގެ ތަސްވީރީ ލިޔުންތެރިއެއް ކަމަށްވާ ޖީ.އެމް.ބީ. އަކާޝްގެ ލިޔުމަކުން ނަގައި ތަރުޖަމާކޮށްފައިވާ ވާހަކަކޮޅެކެވެ. ފޮޓޯތަކުގައި އެ ވަނީ އުމުރުން އެންމެ ހަތް އަހަރުގެ ޔާސްމީނު ދިރިހުރުމަށްޓަކައި ގޮނޑު ހޮވާ މަންޒަރެވެ.

ޖީ.އެމް.ބީ. އަކާޝް އަކީ މިފަދަ ކުދިންނާއި އަދި އެނޫންވެސް ދަތި ހާލަތްތައް ބަރުދާސްތުކުރަމުންދާ މީހުންގެ ވާހަކަ އާންމުންގެ ކުރިމައްޗަށް ގެނެސް، އެފަދަ އެންމެނަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ ބޭކަލެކެވެ. އޭނާގެ މަސައްކަތްކަތުގެ ސަބަބުން، ޔާސްމީނު ފަދަ ވަރަށް ގިނަ ކުދިން، މަސައްކަތްކުރުމުން ދުރުކޮށް، އިސްކޫލަށް ފޮނުވޭގޮތް ވެއެވެ.

ޔާސްމީނުގެ ހަޔާތުގެ ވާހަކަ އޭނާގެ ދުލުން ކިޔައިދީފައި އެވަނީއެވެ.

"އަހަރެން މަސައްކަތްކުރަން ޖެހެނީ ވަރަށް ބޮޑަށް ބަލައިގެންނެވެ. ބޭނުން ކުރެވިދާނެ އެއްޗެއް، ކުނިގޮނޑުން، ހޯދުމަކީ މާ ފަސޭހަކަމެއް ނޫނެވެ. ބައެއް ދުވަސްދުވަހު، މުޅި ދުވަސް ހޭދަކޮށްލައިގެން ވެސް، އުކާލާ އެއްޗެހި އަލުން ބޭނުންކޮށްގެން ތަކެތި އުފައްދާ ފިހާރައަށް ވިއްކާލެވޭނޭ ކަހަލަ އެންމެ އެއްޗެއް ވެސް ފެންނަ ދުވަސް ވެސް އާދެއެވެ. ނަމަވެސް، ރަނގަޅު ދުވަސްދުވަހު އަހަންނަށް ބިސްކޯދު ޕެކެޓެއް ފެނިދާނެއެވެ. އަހަރެން މި ބުނަނީ އާދައިގެ ބޮސްކޯދުގެ ވާހަކައެއް ނޫނެވެ. ކުރީމު ޖަހާފައި ހުންނަ ބިސްކޯދުގެ ވާހަކައެވެ. މިއީ އަހަންނަށް އެންމެ ކަމުދާ ބިސްކޯދެވެ. ބައެއް ދުވަސްދުވަހު، ވަރަށް ބޮޑަށް ކަރު ރަހަލާ ބިސްކޯދުވެސް ފެނެއެވެ. ނަމަވެސް، އަހަރެންގެ ކުއްތާއަށް މިކަހަލަ ބިސްކޯދު ކަމުދެއެވެ. އެހެންވެ، ކަރު ރަހަލާ މި ބިސްކޯދު އަހަރެންގެ ކުއްތާއަށް އަހަރެން ދެމެވެ. ވަރަށް، ވަރަށް، ގޯސް ދުވަހަކު އަހަރެންގެ ފައި ކަނޑައިގެން ގޮސް، އަހަރެންނަށް އަނިޔާއެއް ލިބިދާނެއެވެ. އަހަންނަށް ހީވަނީ، ކުޑަކުދިން، މިފަދަ ގޮނޑުތަކުގައި މަސައްކަތްކުރަނީ ހުސްފަޔާކަން، މީހުންނަށް ނޭނގެނީހެންނެވެ. އެހެންވެ، ތަޅައިގެން ގޮސްފައި ހުންނަ ބިއްލޫރި ތަކެތި ގޮނޑަށް އެމީހުންނަށް އުކާލެވެނީއެވެ. ދެން، އަހަރުމެންގެ ކުދިންގެ ފަޔަށް އެ ބިއްލޫރި ހެރޭ ގޮތް ވަނީއެވެ. ބައެއް ފަހަރު، އަހުރުމެން ކުދިންގެ ފައި ކެނޑި ވަރަށް ގިނައިން ލޭ އާދެއެވެ. ހަމަ އެހެންމެ، އަހަރެންގެ ކުއްތާއަށް ވެސް މިކަން ދިމާވެއެވެ. އެހެންވެ، އަބަދުވެސް އަހަރެންގެ އަތުގައި ބާ ފޮތިކޮޅުކޮޅު ބާއްވަމެވެ. އަހަރެންގެ ފައި ކެނޑި، ލޭ އަންނަ ނަމަ، ފައިގައި ފޮތި އޮޅައިގެން، އަހަރެންގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ."

މިފަދަ ވާހަކަތައް ބުނެދެނީ ކީކޭ ހެއްޔެވެ؟ ސަރުކާރުތަކާއި މުޖުތަމައުތައް ފޭލިވެފައިވާ ކަމެވެ. ސިޔާސީވެރިންނަކީ މިފަދަ ހާލަތްތައް މުޖުތަމައުން ނެތިކުރާނޭ ނިޒާމެއް ތައްޔާރުކުރަން ތިބި ބައެކެވެ. މުޖުތަމައުގެ ވާޖިބަކަށްވަނީ މި މަގުސަދު ހާސިލުކުރާނޭ ނިޒާމެއް ގާއިމުކުރުމުގެ އެކަށޭނަކަން ލިބިގެންވާ ސިޔާސީވެރިން އިންތިޚާބުކޮށް ހޮވުމެވެ. ސިޔާސީވެރިންނަށާއި މުޖުތަމައަށް އެމީހުންގެ މި ވާޖިބު އަދާ ނުކުރެވޭ ނަމަ، އެމީހުން ވާނީ ފޭލިވެފައިވާ ބަޔަކަށް ނޫން ހެއްޔެވެ؟

(އަކާޝްގެ މަސައްކަތާ ބެހޭ ގޮތުންނާއި އޭނާ އެކަން ކުރުމުގެ މަގުސަދަކީ ކޮބައިކަން ބުނެދޭ 'ޓެޑް ޓޯކެއް' ތިރީގައި މި ވަނީއެވެ.)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.